މި އަހަރުގެ މިހާތަނަށް ޓެކުހުން ލިބެމުން އަންނަ އާމްދަނީ އުންމީދު ކުރި ވަރަށްވުރެ އިތުރު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެޗްއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި އަހަރު ޓެކުހުގެ ގޮތުގައި ލިބެމުން އަންނަ އާމްދަނީ އުންމީދު ކުރި ވަރަށްވުރެ އިތުރުވަމުންދާ ކަމަށެވެ. މީގެމައިގަނޑު ސަބަބަކީ ޓޫރިޒަމް ރަނގަޅު ވަމުން ދިއުމެވެ.
ޓެކުހުގެ އާމްދަނީ އިތުރުވަމުގެ މައިގަނޑު ސަބަބަކީ ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތު އިތުރުވުން. ދެހާސް ނަވާރަ ވަނަ އަހަރު އެވްރެޖުކޮށް ހަ ދުވަސް ސްޓޭ ކުރި ނަމަވެސް މި އަހަރުގެ އެވްރެޖު ސްޓޭ އުޅެނީ 8.9 ދުވަހުގައި،" އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުރިން އަންދާޒާ ކުރީ މި އަހަރު ހަ ލައްކަ މީހުން އަންނާނެ ކަމަށެވެ. ނަމަވެސް މި އަދަދު އެއް މިލިއަނަށް އިތުރުކޮށް މިހާރު އުންމީދަކީ 1.5 މިލިއަން ޓޫރިސްޓުން އައުން ކަމަށެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި އަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު ލިބިފައިވަނީ 5.1 ބިލިއަން ރުފިޔާ އެވެ.