މޯލްޑިވްސް ޕޮލިސް ސާވިސް

ޖިންސީ ގޯނާގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި

May 31, 2021

އދ. އަތޮޅުގެ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުންނާ ސުވާލު ކުރުމުން ބުނީ ކ. އަތޮޅާއި، އއ. އަތޮޅާއި، އދ. އަތޮޅާއި އަދި ވ. އަތޮޅު ހިމެނޭ ސަރަހައްދުގެ ރަށަކުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވި މައްސަލައެއްގައި ރޭ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުންނަށް މި މައްސަލަ ހުށަހަޅާފައި ވަނީ މިދިއަ ހޮނިހިރު ދުވަހު އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ޖިންސީ އަނިޔާ ލިބުނު ކުއްޖާ އިއްޔެ ވަނީ އދ. މަހިބަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް އެ ކުއްޖާގެ މެޑިކަލް އެސެސްމަންޓެއް ހަދާފަ އެވެ.