މޯލްޑިވްސް ޕޮލިސް ސާވިސް

ގެއްލިގެން ހޯދި ކުއްޖާ އޮތީ ހޮސްޕިޓަލްގައި

Jun 4, 2021

ހދ. ކުޅުދުއްފުށިން ގެއްލިގެން ހޯދަމުން އައި ކުއްޖާ އޮތީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އުމުރުން 16 އަހަރުގެ ކުއްޖަކު ގެއްލިގެން މިރޭ 10:24 ގައި އެކަން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ކުއްޖާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އޮތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަަށެވެ.

އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ އަނބުރަައިގަނެގެން ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެ ކުއްޖާ އޭރު ހުރީ ކޮންތާކު ކަމެއް އަދި އޭނާ ހޮސްޕިޓަަލަށް ގެންދިޔައީ ކޮން ބައެއް ކަމެއް ނުބުނެއެވެ.

ފުލުހުން ބުނީ މައްސަލައިގެ ވަށައިގެންވާ ކަންކަން ބަލަމުންދާ ކަމަށެވެ.