މޯލްޑިވްސް ޕޮލިސް ސާވިސް

ހައިތަމްގެ ދެކަނބަލުންނަށް އިންޒާރު ދިން މައްސަލައެއް

މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އާއި އަނބިކަނބަލުން ސަޖާން މުއާޒުއާ ބަޔަކު ދިމާކޮށް އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އެ މައްސަލައިގެ ތަހުގީގު ފެށި ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެ އެވެ.

އެނގިފައިވާ ގޮތުގައި މެންބަރު އަހުމަދު ހައިތަމް އާއި އަނބިކަނބަލުން ސަޖާން މުއާޒުއާ ބަޔަކު ދިމާކޮށް އިންޒާރުދީފައިވަނީ މަގުމަތީންނެވެ. އަދި ގެއަށް ވަދެވެސް އެ މީހުން އިންޒާރު ދީފައިވާ ކަމަށް ވެއެވެ.

ސަޖާން އިންނެވީ އާލާސްވެއެވެ. ބަޔަކު އިންޒާރުދީ ހެދުމާއި ގުޅިގެން ލިބިވަޑައިގެންނެވި ޝޮކުގައި ހޮސްޕިޓަލުން ވަނީ ފަރުވާ ހޯއްދަވާފަ އެވެ.