އިމްރާން އަބްދުﷲ

ބާރު ބޭނުންކުރި ފުލުހުންނަށް އަދި ފިޔަވަޅު ނާޅާ

ޖިންސީ ފުރައްސާރައާ ދެކޮޅަށް މިދިޔަ މަހު އެއްވަނަ ދުވަހު ކުރި ސުލްހަވެރި މުޒާހަރާ ފުލުހުން ރޫޅާލަނީ--- އަވަސް ފޮޓޯ/ އަހުމަދު އަޝްހާދު (ޖެރީ)
0%
0%
0%

ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް މިދިޔަ މަހުގެ އެއް ވަނަ ދުވަހު "ރައިޒް އަޕް އެމްވީ" މޫވްމަންޓުން މާލޭގައި ކުރި އިހުތިޖާޖު ރޫޅާލުމުގައި ބާރުގެ ބޭނުން ކުރި ފުލުހުންނާ މެދު އަދި ފިޔަވަޅު ނާޅާ ކަމަށް ހޯމް މިނިސްޓަރުު އިމްރާން އަބްދުﷲ ވިދާޅު ވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމު ލިޔުމުން ޖަވާބު ހޯދަން ބޭނުންވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބެއްގަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަނީ މިނިސްޓަރު ދެއްވި ޖަވާބު އިއްވާފަ އެވެ.

އެގޮތުން މޭ ޑޭ މުޒާހަރާއާ ގުޅޭ ގިނަ ސުވާލުތަކެއް މީކާއިލް އައްސަވާފައި އެވެ. އޭގެ ތެރޭގައި މުޒާހަރާ ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބޭނުންކުރި މައްސަލާގައި ފުލުހުންނަށް ފިޔަވަޅު އެޅިތޯ އާއި އެރޭ ފުލުހުންގެ ޔުނިފޯމް އަޅައިގެން ތިބީ ފުލުހުންގެ ގާނޫނުގެ ދަށުން ސާވިސް ނަންބަރު ފެންނަ ގޮތަށްތޯ މީކާއިލް އައްްސަވާއިފައި ވެއެވެ.

ހަމަ އެހެންމެ މުޒާހަރާ ރޫޅާލުމަށް ހަރަކާތްތެރިވީ އެކަމާ ގުޅޭ އެކަށީގެންވާ ޓްރެއިނިން ލިބިފައިވާ ފުލުހުންތޯ ވެސް ސުވާލު ކުރައަވާފައި ވެއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ މުޒާހަރާގެ ކޮންޓްރޯލް ކުރުމުގައި ފުލުހުންގެ ދައުރު އަދާ ކުރި ގޮތުގެ މައްސަލައާ ގުޅޭ ތަހުގީގު ނިންމައިފައިވާ ކަމަށެވެ. އަދި މިހާރު އޮތީ ޑިސިޕްލަނަރީ ބޯޑުން އެ މައްސަލައާމެދު ގޮތެއް ނިންމުމުގެ މަރުހަލާގައި ކަމަށެވެ.

އެއްވުން ރޫޅާލި ފުލުހުން ތިބީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ މިންގަނޑަށް ސާވިސް ނަންބަރު ފެންނަ ގޮތަށް ކަން ވެސް އިމްރާން ފާހަގަ ކުރެއްވި އެވެ.

އިމްރާންގެ ޖަވާބުގައި ވެއެވެ: "... މީގެ އިތުރުން އެ ރޭ މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވި ކުއިކް ރިއެކްޝަން ޓީމްގަައި ހަރަކާތްތެރިވި 10 ފުލުހުންގެ ތެރެއިން އަށް ފުލުހުންނަކީ ޕަބްލިކް އޯޑާ ޓްރެއިނިން ފުރިހަމަ ކޮށްފައިވާ ފުލުހުންނެވެ. އަދި ބާކީ ދެ ފުލުހުންގެ ތެރެއިން އެއްް ފުލުހުންނަކީ ޕަބްލިކްއޯޑާ ޓްރެއިނިން ހަދާފައި ނުވި ނަމަވެސް ޓީމް ލީޑް ކުރުމުގައި އަހަރެއްހާ ދުވަސްވެފައިވާ ފުލުހެކެވެ. އަދި އަނެއް ފުލުހަކީ މިހާތަނަށް ޕޮލިސް ރެކްރޫޓް ޓްރެއިނިން ފުރިހަމަ ކޮށްފައި ނުވާ ފުލުހެކެވެ."

ޖިންސީ ފުރައްސާރައާ ދެކޮޅަށް ކުރި ސުލްހެވެރި އިހުތިޖާޖު ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތާ މެދު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

ރަސްފަންނުން ފެށި މުޒާހަރާ މަޖީދީ މަގުގެ ސަން ފްރޮންޓާ ހިސާބަށް ދިއުމުން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށްފަ އެވެ. އަނިޔާވި އެކަަކަށް ފަހުން އައިޖީއެމްއެޗްގައި ފަރުވާ ވެސް ދިނެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345