ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދައުލަތުގެ އާމްދަނީ

ޓޫރިޒަމް ޖީއެސްޓީ ލަފާކުރި ވަރާ ގާތަށް ލިބިއްޖެ

ޓޫރިޒަމް ދާއިރާއިން ނަގާ ޖީއެސްޓީ ނުވަތަ ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް (ޓީޖީއެސްޓީ) އިން މި އަހަރަށް ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރާ ގާތަށް ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިޒްކަލް ޑިވްލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން ޓީޖީއެސްޓީގެ ގޮތުގައި މި އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރީ 2.6 ބިލިއަން ރުފިޔާ އެވެ. މިމަހުގެ ތިންވަނަ ދުވަހާ ހަމައަށް ބަލާނަމަ ޓީޖީއެސްޓީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިދިޔަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 1.6 ބިލިއަން ރުފިޔާ އެވެ.

ޓީޖީއެސްޓީގެ އިތުރުން ޓޫރިޒަމާ ގުޅުންހުރި އާމްދަނީގެ އެހެން ދާއިރާތަކުން ދަނީ ކުރިއެރުން ލިބެމުންނެވެ. ތިމާވެށި ހިމާޔަތްކޮށް ކުނީގެ މައްސަލަ ހައްލު ކުރުމުގެ ނަމުގައި ނަގަން ފެށި ގްރީން ޓެކުހުގެ ގޮތުގައި މި އަހަރު 616.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށް، މި އަހަރުގެ މިހާތަނަށް 340.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިދިޔަ އަހަރު ލިބިފައިވަނީ 282.0 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ރިސޯޓު ކުލީގެ ގޮތުގައި މި އަހަރު 1.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށް، މިހާތަނަށް ލިބިފައިވަނީ 552.2 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު ރިސޯޓު ކުލިން ލިބުނީ 337.1 މިލިއަން ރުފިޔާ އެވެ. އަދި ކުއްޔަށްދޭ ރިސޯޓުތަކުން ދައްކާ ލޭންޑް އެކުއެޒިޝަން ކޮސްޓުގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރިއިރު މި އަހަރުގެ މިހާތަނަށް ލިބުނީ 12 ބިލިއަން ރުފިޔާ އެވެ.

ޓޫރިޒަމާ ގުޅުންހުރި އެހެން އާމްދަނީވެސް އިތުރު

ތިމާވެށި ހިމާޔަތްކޮށް ކުނީގެ މައްސަލަ ހައްލު ކުރުމުގެ ނަމުގައި ނަގަން ފެށި ގްރީން ޓެކުހުގެ ގޮތުގައި މި އަހަރު 616.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށް، މި އަހަރުގެ މިހާތަނަށް 340.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިދިޔަ އަހަރު ލިބިފައިވަނީ 282.0 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ރިސޯޓު ކުލީގެ ގޮތުގައި މި އަހަރު 1.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށް، މިހާތަނަށް ލިބިފައިވަނީ 552.2 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު ރިސޯޓު ކުލިން ލިބުނީ 337.1 މިލިއަން ރުފިޔާ އެވެ. އަދި ކުއްޔަށްދޭ ރިސޯޓުތަކުން ދައްކާ ލޭންޑް އެކުއެޒިޝަން ކޮސްޓުގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރިއިރު މި އަހަރުގެ މިހާތަނަށް ލިބުނީ 12 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓަރު ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި ޓެކުހުގެ އާމްދަނީ ދަނީ އިތުރު ވަމުންނެވެ. މީގެމައިގަނޑު ސަބަބަކީ ޓޫރިސްޓުން ރާއްޖޭގައި މަޑުކުރާ މުއްދަތު އިތުރުވުމެވެ. ދެހަސް ނަވާރަ ވަނަ އަހަރު އެވްރެޖުކޮށް ޓޫރިސްޓުން ހަ ދުވަހު މަޑުކުރިނަމަވެސް މިހާރު 8.9 ދުވަހު ރާއްޖޭގައި މަޑުކުރެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 468،387 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ.