ދައުލަތުގެ އާމްދަނީ

ހަރަދަށް 11 ބިލިއަން، ބޮޑުބައި ސަރުކާރު ހިންގަން

މި އަހަރަށް މަޖިލީހުން ފާސް ކުރި ބަޖެޓުން މި އަހަރުގެ މިހާތަނަށް 11.3 ބިލިއަން ރުފިޔާ ހަރަދު ކުރިއިރު ބޮޑުބައި ސަރުކާރު ހިންގަން ހޭދަ ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި އަހަރުގެ މިހާތަނަށް ބަޖެޓުން 11.3 ބިލިއަން ރުފިޔާ ހޭދަ ވެފައިވާ ކަމަށެވެ. އަދި ރިކަރަންޓު ހަރަދު ނުވަތަ ދައުލަތާއި ސަރުކާރު ހިންގުމުގެ ހޭދައަށް 8,5 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ.

މީގެ ތެރޭގައި މުވައްޒަފުންނަށް މުސާރަ އާއި ޕެންޝަނަށް 4,2 ބިލިއަން ރުފިޔާ އަދި އެޑްމިނިސްޓްރޭޓިވް ހަރަދު ތަކަށް ހަތަރު ބިލިއަން ރުފިޔާ ވަނީ ހޭދަ ކޮށްފަ އެވެ.

  • މި އަހަރުގެ މިހާތަނަށް ބަޖެޓުން 11.3 ބިލިއަން ރުފިޔާގެ ހޭދަ
  • ސަރުކާރުގެ ރިކަރަންޓު ހަރަދު 8,5 ބިލިއަން ރުފިޔާ
  • މުވައްޒަފުންނަށް މުސާރަ އާއި ޕެންޝަނަށް 4,2 ބިލިއަން ރުފިޔާ
  • އިދާރީ ހަރަދު ތަކަށް ހަތަރު ބިލިއަން ރުފިޔާ

ސަރުކާރުން ވަނީ ކޮވިޑް-19 އިގެ ސަބަބުން މި އަހަރުގެ އާމްދަނީ ދަށްވެފައިވާތީ މި އަހަރު 700 މިލިއަން ރުފިޔާ އާއި އެއް ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދު ކުޑަކުރަން މަސައްކަތް ކުރާ ކަމަށް ބުނެފަ އެވެ.

ކޮވިޑާ ގުޅިގެން އަދިވެސް އިގްތިސޯދީ ހާލަތު ދަށް ނަމަވެސް މިއަހަރު ރާއްޖޭގެ އިގްތިސޯދު ކުރި އަރާނެ ކަމަށް ސަރުކާރުން އެންމެ ފަހުން ލަފާކުރި އަންދާޒާ އަދަދުތަކަށް ވާސިލް ވާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.