ޖިންސީ ގޯނާ

ދިވެހި އަންހެން ޓީޗަރަކު ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

Jun 10, 2021

ދިވެހި އަންހެން ޓީޗަރަކު ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ނޯތް ޕޮލިސް ޑިވިޝަން (ނ، ފ، ބ، ޅ) ގަައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގަައި ހުރެ 16 އަހަރުގެ ފިރިހެން ކުއްޖަކަށް 25 އަހަރުގެ އަންހެނަކު ޖިންސީ ގޯނާކުރި މައްސަލައެއް އިއްޔެ ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ.

އަދި އިތުރު ކުދިންތަކަކަށްވެސް އެ އަންހެން މީހާގެ ފަރާތުން ޖިންސީ ހާނިއްކަ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ނަމަވެސް އެ އަންހެން މީހާ މިހާރު ވަނީ އެ ރަށުން ފުލުހުންގެ އެހީތެރިކަމާއެކު ބާލާފައެވެ. އެކަން ފުލުހުން ޔަގީން ކޮށެއް ނުދެއެވެ.