ދައުލަތުގެ ބަޖެޓް

ފިނޭންސް މިިނިސްޓަރާއި ގަވަރުނަރު މާދަމާ ބަޖެޓް ކޮމެޓީއަށް

އެމްއެމްއޭގެ ގަވަރުނަރާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އަދި އޮޑިޓް އޮފީހުގެ އިސްވެރިން ބަޖެޓް ކޮމެޓީއަށް ހަޒިރު ކުރަން ނިންމައިފި އެވެ. މިއަދު ބޭއްވި ބަޖެޓް ކޮމެޓީ ފުރަތަމަ ޖަލްސާގައި ނިންމާފައި ވަނީ ކޮމެޓީގެ މާދަމާގެ ޖަލްސާތަކަށް އެ ބޭފުޅުން ހާޒިރު ކުރުމަށެވެ.

ފިނޭންސް މިނިސްޓަރު ޖިހާދު ހާޒިރު ކުރަނީ ހެނދުނު 10:00 ޖަހާއިރުއެވެ. ގަަރުނަރު 1:00 ޖަހާއިރު އިރު އެވެ، އޮޑިޓް އޮފީހުގެ ވެރިން 3:30 ގައެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުން ވަނީ 2016 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓާ ބެހޭ ގޮތުންނާ، ދައުލަތުގެ އާމްދަނީ އިތުރުކުރަން ކަމާބެހޭ މުއައްސަސާތަކުން ކުރަން ނިންމާފައިވާ ކަންކަމާ ބެހޭ ގިނަ ސުވާލުތަކެއް ކުރައްވާފަ އެވެ.

އެހެންކަމުން މާދަމާ ކޮމިޓީއަށް ހާޒިކުރަން ނިންމަވާފައިވާ ބޭފުޅުން، މެންބަރުން މިއަދު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާނެ އެވެ.