ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި ދެ މީހުން މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި ދެ މީހަކު މަރުވެއްޖެ އެވެ.

މިއަދު ފުރަތަމަ މަރުވެފައި ވަނީ 55 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ ރޭ 1:30 ގަ އެވެ.

ދެން މިއަދު މަރުވެފައި ވަނީ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ ފަތިހު 5:19 އިގައެވެ. އެ ދެ މީހުން ވެސް މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

އެ ދެމަރާއެކު ރައްޖެއިން ކޮވިޑް ޖެހެގެން މައުވި މީހުންގެ އަދަދު މިވަނީ 205 އަށް އަރާފަ އެވެ.