ތެލުގެ އަގު

ދުނިޔޭގެ ބާޒާރުގައި އަގު ބޮޑުވުމުން އެސްޓީއޯއިން ތެލުގެ އަގު މަތިކޮށްފި

Jun 20, 2021

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ އެސްޓީއޯ އިން ރާއްޖޭގައި ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ މިފަހަރު ތެލުގެ އަގު ބޮޑު ކުރުމާއެކު އެ ކުންފުނިން ރާއްޖޭގެ އެކި ހިސާބުތަކަށް ތެޔޮ ފޯރުކޮށްދޭ ސަބްސިޑަރީ ކުންފުނި ފިއުލް ސަލްޕައި މޯލްޑިވްސް އިން ވެސް ތެލުގެ އަގަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.


އަގަށް ގެނައި މި ބަދަލާއެކު ޑީސަލް ލިޓަރަކުން 0.93 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 0.89 ލާރި ބޮޑުވާނެ އެވެ. މި ބަދަލާ އެކު ޑީސަލް ލިޓަރެއް މިހާރު ވިއްކާނީ 10.72 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލިޓަރެއް ވިއްކާ އަގަކީ9.74 ރުފިޔާ އެވެ.

އެސްޓީއޯ އިން ތެލުގެ އަގަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މި އަހަރުގެ މާޗު މަހު އެވެ. މާޗް 21 ވަނަ ދުވަހު އަގު ހެޔޮ ކުރި އެވެ.

ރާއްޖޭގައި ތެލުގެ އަގު ބޮޑު ކުރިއިރު ދުނިޔޭގައި ސާފު ނުކުރާ ތެޔޮ ފީފާއެއް ވިއްކަނީ 75 ޑޮލަރަށެވެ.