އެމްއެންޑީއެފް

ސިފައިންގެ ވެރިން އަނެއްކާވެސް މަޖިލީހަށް

ޗީފް އޮފް ޑިފެންސް އަދި ވައިސް ޗީފް އޮފް ޑިފެންސް މަޖިލީހުގެ 241 އަށް މައުލޫމާތު ދެއްވަނީ --
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދާ "ޕާލިމެންޓް އިންކްއަރީ" އަށް މައުލޫމާތު ހޯދަން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަަރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް މިއަދުވެސް 241 ކޮމިޓީއަށް ހާޒިރު ކޮށްފި އެވެ.

މިއީ މި ދެ ބޭފުޅުން 241 ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކުރި ދެވަނަ ފަހަރެވެ. ޝަމާލް އާއި އަބްދުއްރަހީމް 241 ކޮމެޓީއަށް ފުރަތަމަ ހާޒިރުކުރީ މި މަހުގެ ހަވަނަ ދުވަހު އެވެ. އެއީ ބޮމުގެ ހަމަލާއަށް މަހެއްވީ ދުވަހެވެ. އެ ދުވަހުވެސް ދެ ބޭފުޅުން ހާޒިރުކުރީ ވަކިވަކިންނެވެ.

މިއަދުވެސް ދެ ބޭފުޅުން ވަކިވަކިން ހާޒިރުކޮށް ސުވާލުކުރިއެވެ.

މަޖިލީހުގެ އިދާރާއިން ވަނީ އެ ބައްދަލްވުންތަކުގެ ފޮޓޯތައް އާންމުކޮށްފައެވެ. މަޖިލީހުން ހަމައެކަނި ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަައިރީގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަަރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އާއި މިއަދު ސުވާލުކޮށްފައިވާ ކަމަށެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީ އަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކޮމިޓީގެ ބައެއް މެންބަރުން ސިފައިންގެ މައި މަރުކަޒަށްވެސް އިއްޔެ ވަނީ ވަޑައިގެންފައެވެ. ސިފައިންގެ މަރުކަޒަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ 24 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމާއި ނައިބް މުގައްރިރު ހަސަން ލަތީފުގެ އިތުރުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު އެވެ.

ކޮމިޓީގެ މެންބަރުން ސިފައިންގެ މައި މަރުކަޒަަށް ވަޑައިގެންނެވި ނަމަވެސް މެންބަރުންގެ މި ޒިޔާރަތާ ގުޅޭ އެއްވެސް މައުލޫމާތެއް އެމްއެންޑީއެފުން އަދި މަޖިލީހުންވެސް ހާމައެއް ނުކުރެއެވެ.

ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ ސިފައިން އިން ހޯދި މައުލޫމާތު އާންމު ކުރެވެން ނެތް ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދަށް ސިފައިން ފޯރުކޮށްދެމުން ދިޔަ ސެކިއުރިޓީ ބްރީޗްވެ، އެމަނިކުފާނަށް ހަމަލާ ދެވުނު ގޮތް ބެލުމަށް ކުރިއަށް ގެންދާ އިންކުއަރީ އަށް ވަކިވަކި ސިފައިންނަށް އެޑްރެސްކޮށް މަޖިލީހަށް ހާޒިރުވާން އަންގާތީ ކަންބޮޑުވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދެ ފަހަރެއްގެ މަތިން ވަނީ ބުނެފައެވެ.

ވަކިވަކި ސިފައިން ހާޒިރުކުރަން ނިންމި މައްސަލާގައި މަޖިލީހަށް އެމްއެންޑީއެފުން ކުރިން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ކުރާގޮތް ބަލަން ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީ އާއި ސިފައިންގެ "ޗެއިން އޮފް ކޮމާންޑް" އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އާއި ސިފައިންގެ ތެރޭގައި އޮތް އުސޫލުތަކާއި ހިލާފު ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން މުޅި ގައުމީ ދިފާއީ ބާރާއި އެ ބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލޭނެ ކަމަށެވެ. ސިފައިންގެ ގާނޫނީ ޒިންމާ އަދާކުރަން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ ގައުމީ ސަލާމަތަށް ފޫ ނުބެއްދޭވަރުގެ ނުރައްކާ ކުރިމަތި ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ސިފައިންގެ ހިދުމަތަކީ 24 ގަޑިއިރުގެ ހިދުމަތެކެވެ. ސިފައިންނަކީ ވާޖިބަށް ގޮވާލެވޭ ކޮންމެ ހިނދަކު ހިދުމަތަށް ނިކުންނަންޖެހޭ ބައެކެވެ.

ޑިފެންސް މިނިސްޓްރީން ބުނާ ގޮތުގައި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ގުޅުންހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަ ނެތި އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ އިހްތިޔާރު ލިބިފައި ނުވާ ކަމަށް ސިފައިންގެ އާންމު ގަވާއިދުގައި ބުނެ އެވެ.

ޑިފެންސުން ދެކޭ ގޮތުގައި ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި ޗެއިން އޮފް ކޮމާންޑްގެ އުސޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށް ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ކުރާ ގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި ޖަވާބުދާރީވާނީ މުއައްސަސާ އިންނެވެ. ރައްޔިތުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން ބަލައި މައްސަލައަކާ ގުޅިގެން، ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާ ގުޅޭގޮތުން މައުލޫމާތެއް ހޯދާ ނަމަ އެ މައުލޫމާތެއް ސިފައިން ފޯރުކޮށްދޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ނަމަވެސް އޭގެ ފަހުން ވަކިވަކި ސިފައިން އިންކުއަރީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނަޝީދު

ސިފައިންގެ ވެރިން މިކަމާއި ވަރަށް ފުންކޮށް ވިސްނަންޖެހޭ ބޭނުންވީމާ ބޭނުން ގޮތަކަށް ކަތިލަން ގެންގުޅޭ ކަންބަޅި ތަކެއްގޮތަށް ސިފައިންގެ ޖެނެރަލުން މަޖްލިސް އަށް ގެންގޮސް ކަތިލާ ހިސާބަށް ކަންތައްތައް ދިޔާމަ ވަރަށް ގޯސްވީ ސިފައިންގެ ވެރިންނަކީ އަބަދުމެ ބަދަލުވާނެ ބައެއް އެހެން ކަމުން ސިފައިންގެ ކަރާމާތައް އުނިކަން އަންނާނެ ގޮތަކަށް ޢަމަލު ކޮށްގެން ނުވާނެ....

ނާޅި

2008 ގެ ރިޔާސީ އިންތިހާބުގެ ފަހުން ދިވެހިރާއްޖޭގެ ސިޔާސި މަސްރަހަށް ބަލާއިރު ސިޔާސީ ޕާޓީތަ ކުން ފައިސާ ހޯދާ ގޮތަ ކީ ބޮޑެތި ގައުމުތަ ކުގެ ސެ ކިއުރިޓީއެއްގެ ގޮތުގައި ރާއްޖޭގެ ބަޔެއް އެބަޔަ ކަށް ވިއް ކާލަނީ އެގޮތުން ފުރަތަމަ 2011 ގައި އައްޑޫ އަތޮޅު އިގިރޭސިން މިޅިޓްރީ ބޭސް ހަދަން ދިނީ ، 2012 އާއި 2018 ގެ މެދުގައި ޗައިނާޔަށް ބަޔެއްދިނީ ، 2021 ގައި ހަނިމާދޫ އިގިރޭސިންގެ މިލިޓަރީ ބޭސްހަދަން ދިނީ ! މިއީ ކަން ހިނގަމުންދާ ގޮތް ! ބާރުގަދަ ޤައުމުތަކުން އިންޑިޔާ ކަޑުގެ ކޮންޓުރޯލް ބޭނުންވޭ !

ލލ

ޢިސްތިއުމާރުގެ ބޮންދުން އުޅެނީ ބޮޑުތަކުރު ފާނުގެ ލަޝްކަރާއި އެތެރެޔާއި ބޭރުން ތޮޅެން، ލަޝްކަރު ހުޝިޔާރުވާންވާނެ !

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345