ފުލުހުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނެއް މިރޭ ފަށައިފި އެވެ. މި އޮޕަރޭޝަންގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވެއެވެ.
ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ކޮން ކަމަކާއި ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމެއް ނުބުނެއެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ދެންމެ ވިދާޅުވީ ފުލުހުން ހިންގާ އޮޕަރޭޝަނެއް މިރޭ މާލޭގައި ކުރިއަށްދާ ކަމަށެވެ. އަދި އިތުރު މައުލޫމާތު އޮޕަރޭޝަން ނިމުމުން ހިއްސާ ކުރާނެ ކަމަށެވެ.
މި އޮޕަރޭޝަންގެ ތެރެއިން މީހަކު ހައްޔަރުކޮށްގެންދާ ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުންޏެވެ. އަވަސްއަށް އެނގިފައިވާ ގޮތުގައި މީހަކު ހައްޔަރުކޮށްފައިވަނީ ހެންވޭރުގެ ގެއަކުންނެވެ. އެއީ ޒުވާނެކެވެ. އޭނާ ދިރިއުޅުނު ކޮޓަރި ބަލާ ފާސްކޮށް ބައެއް ތަކެތިވެސް ފުލުހުން ވަނީ އެ ގެއިން ގެންގޮސްފައެވެ.
މިރޭ ކުރިއަށްދާ އޮޕަރޭޝަނަކީ މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅުން ހުރި އޮޕަރޭޝަނެއް ނޫންކަން ވަނީ ކަށަވަރު ކުރެވިފައެވެ.