މޯލްޑިވްސް ޕޮލިސް ސާވިސް

މީހަކު ގެއްލިގެން ހޯދަނީ

Jun 22, 2021

ހދ. ކުޅުދުއްފުށި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ އުމުރުން 20 އަހަރުގެ ހދ. ކުޅުދުއްފުށި ރިންސޯ، އަބޫބަކުރު އިބްރާހީމް އެވެ.

އޭނާ ވީނުވީއެއް ނޭންގި ގެއްލިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށެގެންނެވެ. ފުލުހުންނަށް އޭނާ ގެއްލުނުކަން ރިޕޯޓުކޮށްފައި ވަނީ އޭނާގެ އެއްވެސް ހަބަރެއް އަދި ވީނުވީއެއް ނޭންގިގެން އާއިލާގެ ފަރާތުންނެވެ.

އަބޫބަކުރު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު، އޭނާގެ ހަބަރެއް އެންމެ ފަހުން ވީއިރު އޭނާ ދިރިއުޅެމުން ދިޔައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.

އޭނާގެ އެއްވެސް މައުލޫމާތެއް ލިބޭ ފަރާތަކުން އެކަން ރިޕޯޓު ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.