ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކަރަންޓިނު މުގުރުމުން 11،000ރ. ޖޫރިމަނާއެއް

ހދ. ނޭކުރަންދޫގައި ކޮވިޑަށް ޕޮޒިޓިވްވީ މީހަކު ކަރަންޓީނުގެ އުސޫލާ ހިލާފު ވެގެން 11،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި އެ މީހާ ޖޫރިމަނާ ކުރީ މާސްކު ނާޅާ އުޅުމާއެކު ގެއިން ބޭރަށް ވެސް ނުކުތުމުންނެވެ. އެ މީހާއަށް ޖޫރިމަނާ އައީ ކަރަންޓީނު އުސޫލާ ހިލާފުވުމުން 10،000 ރުފިޔާ އަދި މާސްކު ނާޅާ ހުރުމުން 1000 ރުފިޔާ އެވެ.

ގއ. ވިލިނގިލީގައި ކަރަންޓީނު އުސޫލުތަކާ ހިލާފުވެ، ކޯޓަށް ގޮސް ކައިވެނިކުރި ދެ މީހަކު ވެސް މީގެ ކުރިން 10،000 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.

މާލެއަށް ވުރެ ބޮޑަށް މިހާރު ކޮވިޑް ފެތުރެމުން ދަނީ އަތޮޅުތަކުގެ ރަށްރަށުގަ އެވެ. އިއްޔެ މާލެއިން 30 މީހުން ޕޮޒިޓިވްވި އިރު މީހުން ދިރިއުޅޭ އެހެން ރަށްރަށުން 101 މީހަކު ޕޮޒިޓިވްވެފައި ވެއެވެ.