މޯލްޑިވްސް ޕޮލިސް ސާވިސް

ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން މިހަފްތާގައި ފޮނުވަނީ

ރަހީނުކޮށް މަރާލައިފައިވާ 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން މިހަފްތާ ފޮނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ މިހަފްތާގެ ތެރޭގައި ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުޑަކުއްޖާ ރަހީނު ކޮށްގެން ގެންގުޅުމަށް ފަހު އޭނާ މަރާލައި އެއްލާލާފައި އޮތީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު ހުޅުމާލެ ދެވަނަ ފިޔަވަހީގެ މޫދަށެވެ. މޫދުތެރޭ އޭނާ އޮތީ ފޮށިގަނޑެއްގެ ތެރޭގަ އެވެ.

އޭނާގެ މަރާ ގުޅިގެން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 27 ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ. ހައްޔަރުކުރި ދެ މީހުންނަކީ ކުއްޖާގެ ދެ އެކުވެރިން ކަމަށްވެއެވެ. މި މައްސަލަ ފުލުހާއި ހިއުމަންރައިޓްސް ކޮމިޝަންގެ އިތުރުން މަޖިލީހުން ވެސް ދަނީ ބަލަމުންނެވެ. މި މައްސަލާގައި ތަފުސީލްތަކެއް ފުލުހުން އަދި ނުދެ އެވެ.