ކޮވިޑުގެ ދެވަނަ ރާޅަށް ލޮކްޑައުންކުރި ފުރަތަމަ ދުވަހުގެ ރޭ ވެސް ނަލަހިޔާގެ އޮފީސް ފަޅާލަން މަސައްކަތް ކުރި އެވެ. އެ ފަހަރު މަސައްކަތް ކުރީ އެންމެ މީހެކެވެ. އެ ފަހަރު ވަގުންނަށް ވީވެސް ނާކާމިޔާބީ އެވެ. އެކަމަކު ދެވަނަ ފަހަރަށް ރޭ ނަލަހިޔާ އޮފީހަށް ވަގުން ދިން ހަމަލާގައި އެ އޮފީސް ވަނީ ފަޅާލައިފި އެވެ.
"ފުރަތަމަ ފަޅާލަން މަސައްކަތް ކުރި ފަހަރު އެއްވެސް އެއްޗެއް ވަގަކަށް ނުގެންދެވޭ. މިފަހަރު މިއީ ލޮކްޑައުންވީ ފަހުން ފަޅާލަން ދިމާކުރި ދެވަނަ ފަހަރު،" އެ މައުލޫމާތު އެނގޭ މީހަކު އަވަސް އަށް ކިޔައިދިނެވެ.
ރާއްޖޭގެ އެންމެ ސަލާމަތީ ފިޔަވަޅު ވަރުގަދަ ގްރީން ޒޯންއާ މާދުރުނޫން ހިސާބެއްގައި އޯކިޑުމަގު، މއ. ފާރޮޅުގޭގައި ހިންގާ ނަލަހިޔާ އޮފީސް ފަޅާލަން ވަގުން ހަރަކާތްތެރިވާ މަންޒަރު ސީސީޓީވީ ފުޓޭޖަށް އަރާފައިވެ އެވެ. އެ މީހުން އެ އޮފީހުގައި ގިނަ ވަގުތު ތަކެއް ވަންދެން ވަގުތު ވެސް ހޭދަކޮށްފައި ވެއެވެ.
އެނގިފައިވާ ގޮތުގައި ވަގުން ފަޅާލާގައިވަނީ ނަލަހިޔާ ހިންގާ އިމާރާތުގެ އަށް ވަނަ ފަންގިފިލާގެ އިތުރުން ނުވަ ވަނަ ފަންގިފިލާ އާއި ހަތް ވަނަ ބުރީގައި ހިންގަމުން ގެންދާ ޓްރޭނިން އިސްޓިޓިއުޓެކެވެ. މި އިމާރާތުގެ ތިން ފްލޯއެއް ފަޅާލި ނަމަވެސް ވަގުންނަށް އެއްޗެއް ގެންދެވުނުކަމަށް މިހާތަނަށް އެނގިފައެއް ނުވެ އެވެ.
"ވަރަށް މަސައްކަތްކޮށްފައި ހުރީ އެކަމަކު އެއްޗެއް ގެންވެވޭ ގޮތެއް ނުވި. އަޅުގަނޑުމެން ހުންނާނެ އެލާމް ލޮކް ވެސް ހަރުކޮށްފައި އެހެންވެ އެއް ފަންގިފިލާ ފަޅާލުމާއެކު އެލާމް އަޅަން ފަށައިފި. އެ ހިސާބުން އެއްޗެއް ގެންދެވޭ ގޮތް ނުވިކަމަށް ބެލެވެނީ،" ނަން ނުޖެހުމަށް އެދި ބުންޏެވެ.
އެ އޮފީހުގައި ހުރި ތިޖޫރީއެއްގައި ފައިސާ ވެސް ހުއްޓެވެ. އަދި އެ ފަޅާލަން ވަގުން މަސައްކަތް ވެސް ކޮށްފައިވެ އެވެ. އެކަމަކު ވަގުންނަށް ތިޖޫރި ހުޅުވޭ ގޮތެއް ނުވި އެވެ.
"ސޭފް އެއްކޮށް އޮތީ ހަލާކުވެފައި. އަޅުގަނޑުމެންނަށް ވެސް މިހާރު މި އުޅެނީ އެ [ތިޖޫރި] ނުހުޅުވިގެން،"
ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުން ކުރުމާއެކު ބޮޑެތި ވައްކަންތަކެއް ހިންގާފައިވެ އެވެ. މިގޮތުން އެންމެ ބޮޑު ވައްކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ އެޕޯލޯ ހާޑްވެއާ ފަޅާލުމެވެ. އެ ވައްކަމުގައި 1.7 މިލިއަން ރުފިޔާ ގެންގޮސްފައިވެ އެވެ. މީގެ އިތުރުން ބާޒާރުމަތީ އެތަށް ފިހާރައެއް އެތަށް ފަހަރެއްގެ މަތިން ފަޅާލާފައިވެ އެވެ.