އަންނަ ހޮނިހިރު ދުވަހުގެ ރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ޖެހޭ ރަހުމަތްތެރިކަމުގެ މެޗަށް ބާސެލޯނާގެ އާޖެންޓީނާ ފޯވަޑް ލަޔޮނަލް މެސީ ފަރިތަކުރަން ފަށައިފި އެވެ.
މެޗަށް އެންމެ ފަސް ދުވަހަށް ވެފައި ވަނިކޮށް މެސީ ފަރިތަކުރަން މި ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ސްޕެނިޝް ލީގުގައި ލަސް ޕަލްމާސް އަތުން ބާސެލޯނާ މޮޅުވި މެޗުގައި އޭނާގެ ވާތު ކަކުލަށް ލިބުނު އަނިޔާ އަށް ފަރުވާ ހޯދުމަށްފަހު އެވެ.
ބާސެލޯނާގެ އެސިސްޓެންޓް ކޯޗު ބުނީ ތިން ދުވަހުބެ ޗުއްޓީއަކަށް ފަހު ސީނިއާ ޓީމު އިއްޔެ ފަރިތަކުރަން ފަށާފައިވާ ކަމަށެވެ. އަދި ޓްރޭނިންތަކުގައި މެސީ ވެސް ބައިވެރިވި ކަމަށެވެ.
އަނިޔާގައި ބާސެލޯނާގެ ކްރޮއޭޝިޔާ މިޑްފީލްޑަރު އިވާން ރަކިޓިކާއި ގޯލްކީޕްރު މާކް އަންދްރޭ ޓާސްޓެގަން ވެސް ވަނީ އަލުން ފަރުތަކުރަން ނުކުމެފަ އެވެ.
ސްކޮޑު ހީނަރުވެފައިވާ ބާސެލޯނާގެ ފަރިތަކުރުންތަކަށް މި ތިން ކުޅުންތެރިން ނުކުތުމަކީ އެ ޓީމަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވާނެ ކަމަށް ކޯޗު ލުއިސް އެންރީކޭ ގަބޫލުކުރެ އެވެ.