ޓޫރިޒަމް

ސްޕޭންގެ ގައުމީ އެއާލައިން ރާއްޖެއަށް އުދުހެން ފަށައިފި

ސްޕެއިންގެ ގައުމީ އެއާލައިން، އައިބީރިއާ އެއާލައިން ރާއްޖެ އަށް ދަތުރުތައް ފަށައިފި އެވެ.

ސްޕެއިންގެ އައިބީރިއާ އެއާލައިން މިއަދު ރާއްޖެއަށް ދަތުރުތައް ފެށުމުގެ ގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

ސްޕެއިނުން ރާއްޖެ އަށް ޑައިރެކްޓްކޮށް ފެށި މި އެއާލައިންގެ ދަތުރުތައް ފެށުމުގެ ގޮތުން ވީއައިއޭގައި ސަގާފީ ހަރަކާތް ތަކެއް މިއަދު ވަނީ ބާއްވާފަ އެވެ. ރާއްޖެއަށް މިއަދު ފުރަތަމަ ޖެއްސި މި އެއާލައިނުން ގިނަ އަދަދެއްގެ ޓޫރިސްޓުން ވެސް އައިސްފައިވެ އެވެ.

ސްޕޭންއަކީ ކޮވިޑް-19ގެ ކުރީގައި ރާއްޖެއަށް ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރާތް ކުރި ގައުމެކެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ މަދުވެފަ އެވެ. އެކަމަކު އެ ގައުމުގެ ބޯޑަރު ހުޅުވާ، މިހާރު ވަނީ ދަތުރުތައް ކުރަން ފަށާފަ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ބައި މިލިއަން ޓޫރިސްޓުން އައިސްފައިވާއިރު، ކުރިއަށް އޮތް ތަނުގައި ޓޫރިޒަމް ރަނގަޅުވުމުގެ އުއްމީދު އެބައޮތް ކަމަށް ތަޖުރިބާކާރުން ގަބޫލުކުރައްވަ އެވެ.

ރާއްޖެ އަށް މިހާރު 18 އެއާލައިނެއް ދަތުރު ކުރަމުންދާއިރު، މި އެއާލައިން ތަކުން މިހާތަނަށް 7,802 ފްލައިޓް މޫވްމެންޓް ހަދާފައިވެ އެވެ.