ވައްކަން

އުރީދޫ ފަޅާލި މައްސަލާގައި ދެ މީހަކު ހޯދަން ފަށައިފި

Nov 18, 2015
1

އުރީދޫގެ މައި އިމާރާތުގެ ސެކިއުރިޓީ ގާޑު ރަހީނު ކުރުމަށްފަހު އެއްލައްކަ ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި ތުހުމަތު ކުރެވި ކުރިން ވެސް ހޯދަން އިއުލާން ކޮށްފައިވާ މީހަކާއި އިތުރު މީހަކު ހޯދަން ފޮޓޯ އާންމުކޮށްފި އެވެ.

ފުލުހުން ފޮޓޯ އާންމުކޮށްފައިވާ ދެމީހުންގެ ތެރެއިން ހއ. ތަކަންދޫ، އެރޯމާ، މުޙައްމަދު މިރާސް 22. އަކީ ކުރިން ހޯދަން އިއުލާން ކުރި މީހާ އެވެ. އަލަށް އިއުލާންކޮށްފައިވާ މީހާއަކީ ރ. ހުޅުދުއްފާރު، އާސްމާންވިލާ، އައްޔޫބު އާދަމް 23، އެވެ.

ފުލުހުން ވަނީ މީގެ ކުރިން އުރީދޫ ފަޅައިލަން ވަން މީހުންގެ ވީޑިއޯއެއް އާންމުކޮށްފަ އެވެ. އެމީހުން ވަދެފައި ވަނީ އުރީދޫގެ ސެކިއުރިޓީ ގާޑުން ރަހީނުކޮށްފަ އެވެ. އަދި އުރީދޫގެ ތިން ތިޖޫރިއެއް ފަޅާލައި 100،000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވެ އެވެ. އާންމުކުރި ވީޑިއޯގައި އުރީދޫ އޮފީހަށް ވަދެ އެތަނުގައި ހަރަކާތްތެރިވާ ފަސް ޒުވާނަކު ފެނެއެވެ.