ވައްކަން

އުރީދޫ ފަޅާލި މައްސަލާގައި ހޯދި އެކަކު ފުލުހަށް ހާޒިރުވެއްޖެ

މުއާސަލާތީ ކުންފުނި އުރީދޫގެ މައި އިމާރާތުގެ ސެކިއުރިޓީ ގާޑު ރަހީނު ކުރުމަށްފަހު އެއްލައްކަ ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި ތުހުމަތު ކުރެވިގެން ހޯދަން އިއުލާން ކުރި ދެ މީހުންގެ ތެރެއިން އެކަކު އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހޯދަން އިއުލާން ކުރި މީހުންގެ ތެރެއިން ފުލުހަށް ހާޒިރުވެފައި ވަނީ ރ. ހުޅުދުއްފާރު، އާސްމާންވިލާ، 23 އަހަރުގެ އައްޔޫބު އާދަމެވެ. އަދި އޭނާ ފުލުހަށް ދިޔައީ ރޭ އިރާކޮޅު އެވެ.

ފުލުހުން ބުނީ އެމީހާ މިހާރުވަނީ ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ކަމަށާއި އެހެން ނަމަވެސް އެ މައްސަލައާއި ގުޅިގެން ދެން ހޯދަމުންދާ ހއ. ތަކަންދޫ، އެރޯމާ، އުމުރުން 22 އަހަރު މުހައްމަދު މިރާސް އަދި ނުފެންނަ ކަމަށެވެ.