އެމްއެންޑީއެފް

މަރުވެފައި އޮތް ފަތުރުވެރިއެއްގެ ހަށިގަނޑު ފެނިއްޖެ

Jul 8, 2021

މަރުވެފައި އޮތް ފަތުރުވެރިއެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އީކުއޭޓާ ވިލެޖްގެ އިރު އުތުރުން ފަރު ބޭރުން ފަތުރުވެރިއެއްގެ ހަށިގަނޑު ފެނިގެން އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން އެ ހަށިގަނޑު ނަގާފައިވާ ކަމަށެވެ. އެއީ ފިރިހެނެކެވެ.

އެ މީހާގެ ހަށިގަނޑު އައްޑޫ ސިޓީ ފޭދޫއަށް ގެންގޮސްފައިވަނީ 4:36 ގައެވެ. ސިފައިން ބުނީ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ހަވީރު 3:30 ގައި ކަމަށެވެ.