މޯލްޑިވްސް ޕޮލިސް ސާވިސް

ޓޫރިސްޓެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ

ޓޫރިސްޓެއްގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރަން ދިޔަ ޓޫރިސްޓެއްގެ ދަބަހުން ވަޒަންތަކެއް މިއަދު ހެނދުނު ފެނިފައިވާ މައްސަލައެއް ފުލުސް އިދާރާއަށް ހުށަހެޅުމުން އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަން ފަށާފައިވާ ކަމަށެވެ.

ވަޒަންތައް ފެނިފައި ވަނީ ނެމީބިއާގެ މީހެއްގެ ދަބަހުންނެވެ. އެއީ 60 އަހަރުގެ ފިރިހެނެކެވެ. މި މައްސަލައިގެ އިތުރު ތަފުސީލެއް ނުދެ އެވެ.