މިދިޔަ ޖޫން މަހު ދައުލަތަށް ޑޮލަރުން ލިބުނު 55 މިލިއަން ޑޮލަރާއެކު، ޖުމްލަ އާމްދަނީ ރެކޯޑް މިންވަރަށް މަތިވެއްޖެ އެވެ.
ކޮވިޑުގެ ބަލިމަޑުކަމަށްފަހު އިގްތިސޯދު ހުޅުވައި ޓޫރިސްޓުން އަންނަން ފެށިފަހުން މިދިޔަ މަސް ފާހަގަ ކުރެވެނީ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު މަހުގެ ގޮތުގަ އެވެ. ނަމަވެސް މިދިޔަ މަހު ލިބުނު އާމްދަނީ މަތިވެފައިވަނީ 2020 ވަނަ އަހަރާ އަޅާ ކިޔާނަމަ އެވެ. މިދިޔަ މަހު އާމްދަނީ އިތުރުވެފައިވަނީ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހު ޖުމްލަ އާމްދަނީގެ ގޮތުގައި 278 މިލިއަން ޑޮލަރު ލިބުނު ނަމަވެސް މިދިޔަ މަހު މި އަދަދު 1.1 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ. މި އިތުރުވުމަކީ 3.2 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މި އަހަރުގެ ޖޫން މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި 55 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހު ލިބުނީ ހަތް މިލިއަން ޑޮލަރެވެ. މިއީ ގާތްގަނޑަކަށް 300 ޕަސެންޓުގެ އިތުރުވުމެކެވެ.
މިދިޔަ އަހަރާއި މި އަހަރުގެ ޖޫން މަހުގެ އާމްދަނީ
- އިންކަމް ޓެކްސް ( މި އަހަރު 94 މިލިއަން، މިދިޔަ އަހަރު 31 މިލިއަން)
- ޖީއެސްޓީ ( މި އަހަރު 529 މިލިއަން، މިދިޔަ އަހަރު 132 މިލިއަން)
- ގްރީން ޓެކްސް ( މި އަހަރު 59 މިލިއަން، މިދިޔަ އަހަރު 3.9 މިލިއަން)
- ޓޫރިޒަމް ލޭންޑް ރެންޓް ( މި އަހަރު 59 މިލިއަން، މިދިޔަ އަހަރު 3.9 މިލިއަން)
- އެއާޕޯޓް ޑިވްލޮޕްމަންޓް ފީ ( މި އަހަރު 369 މިލިއަން، މިދިޔަ އަހަރު 47 މިލިއަން)
މިދިޔަ މަހުގެ އާމްދަނީ ރިޕޯޓް ދައްކާ ގޮތުން މިދިޔަ މަހު ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. ޓޫރިޒަމް ލޭންޑް ރެންޓުން މިދިޔަ މަހު ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީޖީއެސްޓީ އިންނެވެ.
އާމްދަނީ އިތުރުވެފައިވާއިރު މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ ބައި މިލިއަން ފަހަނަ އަޅާފަ އެވެ. އަދި މި އަހާރުގެ ޓޫރިސްޓު އެރައިވަލް ހުރި ގޮތުން މި އަހަރު އެއް މިލިއަން ޓޫރިސްޓުން ހަމަވާނެ ކަމުގެ އުންމީދު ވަނީ އާވެފަ އެވެ. ސަރުކާރުން ބުނެފައިވަނީ މި އަހަރުގެ ޓާކެޓަކީ 1 މިލިއަން ނުވަތަ 1.5 މިލިއަން ޓޫރިސްޓުން ގެނައުމެވެ.