ބައިނަލްއަގްވާމީ ފަރާތްތަކާއި ބިދޭސީންގެ މައްޗަށް ނެރޭ ކޯޓު އަމުރުތައް އިނގިރޭސި ބަހުން ނެރެވޭނެ ކަމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ
މިކަމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ވަނީ ނޫސް ބަޔާނެއް ނެރެފަ އެވެ. އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ސޮއި ކުރައްވާ ނެރުއްވި ޕްރެކްޓިސް ޑައިރެކްޝަނުގައި ބުނެފައި ވަނީ ބިދޭސީއެއްގެ މައްޗަށް ނޫނީ އެމީހުންގެ ބޭނުމަށް ނެރޭ އަމުރުތައް އެމީހުންނަށް ދޭހަވާނެ ބަހަކުން އޮތުން މުހިންމު ކަމަށެވެ.
އެހެންކަމުން އަމުރުތައް ނެރުމުގައި ގަވައިދުގެ ޖަދުވަލުގައިވާ ނަމޫނާގައި ބަޔާންކޮށްފައި ހުރި ކަންކަން ހިމެނޭ ގޮތަށް އިނގިރޭސި ބަހުން ނެރުމަށް ހުރަހެއް ނެތް ކަމަށެވެ.
ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދުު އޮންނަ ގޮތުން ރާއްޖޭގެ އެއްވެސް ކޯޓެއްގެ ސަރަހައްދީ އިހްތިސާސް ނުހިނގާ ފަދަ ސަރަހައްދެއްގައި ހުރި މީހަކު ނުވަތަ ބައިނަލްއަގްވާމީ ފަރާތެއްގެ މައްޗަށް ކްރިމިނަލް ކޯޓަށް އަމުރު ނެރެވިދާނެ އެވެ.
ނަމަވެސް އަމުރު ނެރެންޖެހޭނީ ކޮން ބަހަކުން ކަމެއް ބަޔާކޮށްފަ އެއް ނުވެ އެވެ. މިހާތަނަށް ރާއްޖޭގައި ކޯޓުތަކުން ނެރޭ ކޮންމެ އަމްރެއްވެސް އޮންނަނީ ދިވެހި ބަހުން ނެވެ. ދޭސީ ބިދޭސީ އަކަސް އެވެ.