މޯލްޑިވްސް ޕޮލިސް ސާވިސް

732 ދަޅު ބިޔަރާއެކު މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 732 ދަޅު ބިޔަރާއެކު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ ގަވާއިދާ ހިލާފަށް މާލެއަށް ބަނގުރާ އަރުވައި އޭގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި އެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބިޔަރު ދަޅާއެކު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ރޭ އެ އޮޕަރޭޝަން ހިންގި އިރު މާލޭގެ ގެއަކާއި ގަރާޖެއް ބަލައި ފާސްކޮށް 732 ދަޅު ބިޔަރު އަތުލި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.