މާރާމާރީ ހިންގުން

ކާރެއް ހުއްޓުވާ އޭގައިއިން ކުއްޖެއްގެ ބޯ ފަޅާލައިފި

މާރާމާރީއެއްގައި ކުޑަކުއްޖެއްގެ ބޯ ފަޅާލައިފި އެވެ.

ފުލުހުން ބުނީ މަޖީދީމަގާއި މާވެޔޮމަގު ގުޅުނު ހިސާބުން ދުއްވާފައި ދިޔަ ކާރެއް ހުއްޓުވައި އެ ކާރުގައި އިން 14 އަހަރުގެ ކުއްޖަކާއި ބަޔަކު މާރާމާރީ ހިންގާފައިވާ ކަމަށެވެ. މާރާމާރީގެ ރިޕޯޓަށް ފުލުހަށް ލިބިފައިވަނީ 6:38 ގައެވެ.

މި މާރާމާރީގައި އަނިޔާވި ކުއްޖާގެ ބޯ ފަޅައިގެންގޮސްފައިވެއެވެ. އޭނާއަށް އޭޑީކޭގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށާ މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.