މާރާމާރީ ހިންގުން

މާލޭގައި ހަމަލަދީ މީހަކު ޒަހަމްކޮށްލައިފި

މާލޭގައި ތޫނު އެއްޗަކުން ހަމަލަދީ މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން ލިބިފައިވާ ޒަހަމްތަކާއެކު އޭޑީކޭ ހޮސްޕިޓަލަށް މީހަކު، ފަރުވާ ހޯދަން އައިސްފައިވާ ކަމުގެ މައުލޫމާތު އެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެއީ މިރޭ 10:51 އެހާކަންހާއިރެވެ.

އެ ހާދިސާގެ އެއްވެސް ތަފްސީލެއް ނުދީ ފުލުހުން ބުނީ އެ ރިޕޯޓާއި ގުޅީގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ޒަހަމްވި މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި އޭނާއަށް ހަމަލާދިނީ ކޮން ސަބަބަކާއި ގުޅިގެން ކަމެއްވެސް އެނގިފައެއް ނުވެއެވެ.