ވިޔަފާރި

އުރީދޫއިން މަސްވެރިންނަށް ސެލެޓައިލް ފޯނެއް ތައާރަފުކޮށްފި

އުރީދޫ މޯލްޑިވްސް އިން މަސްވެރިންނަށް ހާއްސަކޮށްގެން ސެޓެލައިޓް ފޯނެއް ތައާރަފުކޮށް، މަސްވެރިންނަށް ފްރީބޭސިކް އެޕްލިކޭޝަން ހިދުމަތް ތައާރަފުކޮށްފި އެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި މި ފޯނު ތައާރަފުކޮށް ފްރީބޭސިކް އެޕްލިކޭޝަން ހިދުމަތް ތައާރަފުކޮށްދެއްވީ ފިޝަރީޒް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އުރީދޫގެ ޑައިރެކްޓަރު ހިއުމަން ރިސޯސަސް މުހައްމަދު ޝާހިދު އެވެ.

މި ފޯނު ވިއްކަނީ 8،000ރ. އަށެވެ. މި ފޯނަކީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު ގުޅާލެވޭ ފޯނެނެވެ. މި ފޯނާއެކު އުރީދޫންވަނީ ހިލޭ ގުޅޭ މިނެޓާއި އައިޑީޑީ ޑިސްކައުންޓް އަދި ހިލޭ ޑޭޓާވެސް ހިމެނެ އެވެ. މި ފޯނުގެ މަހުފީގެ ގޮތުގައި ދައްކަން ޖެހެނީ 699ރ.އެވެ.

އުރީދޫން ނެރެނު ނޫސްބަޔާނެއްގައި އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ މި ހިދުމަތުގެ ބޭނުމަކީ ދިވެހިންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ސްމާޓް ސޮލިއުޝަނެއް ގެނެސްދިނުން ކަމަށެވެ.

"އުރީދޫން ސެޓެލައިޑް ފޯނުފަދަ ހިދުމަތްތައް ފޯރުކޮށްދިނުމަކީ އުފަލެއް.މަސައްކަތުގެ މައިދާނުގައި ނުރައްކާތެރި ހާލަތްތަކުގައި ކުރަން ޖެހޭ ދިގުދަތުރުގައި ރައްކާތެރިވެ ތިބެ. ބޭނުން ޖެހޭ ވަގުތު އިތުބާރުކުރެވޭ ފަދަ ކަނެކްޝަނެއް ފޯރުކޮށްދިނުން،" ވިކްރަމް ވިދާޅުވި އެވެ

އުރީދޫން ދެމުން ގެންދާ ފްރީ ބޭސިކް އެޕްލިކޭޝަންއަކީ އަސާސީ ހިދުމަތްތަކާއި މައުލޫމާތުތައް އިންޓަނެޓާ ނުލައި ހިލޭ ލިބޭ ގޮތަށް ފޭސްބުކުން ތައާރަފްކޮށްފައިވާ ޕްލެޓްފޯމެކެވެ. މި ހިދުމަތް މެދުވެރިކޮށް ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓް މަސްވެރިންނަށް ހިލޭ ބަލައިލުމުގެ ފުރުސަތު ލިބެ އެވެ.