ހުޅުމާލޭގައި އެއްޗެއް ގޮވައިގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދަނީ ހުޅުމާލެ ރަބަރުގަސް މަގު ހަ ނަންބަރު ގޯޅި ކައިރީގައެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ހުޅުމާލޭގައި ބާރުގަދަ ގޮވުމެއްގެ އަޑު އިވުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ފުލުހުންގެ ދެ ވެހިކަލަކާއި ސިފައިންގެ ދެ ވެހިކަލެއް އެބައޮތެވެ. އަދި ސިފައިންގެ އިސް ބޭފުޅެއް ކަމަށްވާ ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީއުވެސް ވަޑައިގެން އެބަ ހުންނެވިއެވެ. އަދި ސިފައިންގެ ސްޕެޝަލް ފޯސް އިން ދަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ވަނީ މުޅި ސަރަހައްދު ބަންދުކޮށްފައެވެ. ގިނަ އަދަދެއްގެ އާންމުންވެސް މިހާރު ދަނީ އެ ސަރަހައްދަށް ޖަމާވަމުންނެވެ.
ބާރުގަދަ އަޑުފަށްގަނޑާއެކު މަގުމައްޗަށް ވިއްސައިގެން ގޮސް އޮތް އެއްޗެއް މި ސަރަހައްދުގައި އެބަ އޮތެވެ. ނަމަވެސް މިރޭގެ މި ހާދިސާއާ ގުޅޭގޮތުން މި ސަރަހައްދުގައި ހަރަކާތްތެރިވާ ސިފައިންނާއި ފުލުހުންގެ ފަރާތުންވެސް މައުލޫމާތެއް ނުލިބެއެވެ.
ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނީ އިވުނީ ވަރަށް ބާރުގަދަ އަޑެއް ކަމަށެވެ. އަދި ބަޑިބޭހުގެ ވަސް ވަރަށް ގަދައަށް ހުރި ކަމަށެވެ.
ފުލުހުން ދެންމެ ބުނީ އެއްވެސް މީހަކަަށް ޖިސްނާމީ އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނެތް ކަމަށެވެ.