މާލޭ ސިޓީ

މޫދަށް ފުންމާލާ ފުރާނަ ނުރައްކަލަށްލީ ޒުވާނަކު ސަލާމަތްކޮށްފި

Jul 24, 2021

މޫދަށް ފުންމާލާ ފުރާނަ ނުރައްކަލަށް ހުށައެޅި ޒުވާނަކު ސަލާމަތް ކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި މޫދަށް ފުއްމާލަން އުޅެފައިވަނީ އުމުރުން 19 އަހަރުގެ ޒުވާނެކެވެ. އޭނާ ހުއްޓުވާ ސަލާމަތްކޮށްފައިވަނީ އާއިލާގެ މީހުންނާއި ބައެއް އެކުވެރިންނެވެ. ދެ ފަހަރެއްގެ މަތިން މޫދަށް ފުންމާލާ ފުރާނަ ނުރައްކަލަށް ހުށައަޅަން އޭނާ މަސައްކަތް ކުރި ކަމަށްވެއެވެ.

ރަސްފަންނު ސަރަހައްދުގައި ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުންވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ.