އުރީދޫ

އުރީދޫ ކާމިޔާބު 16 އަހަރު ދިވެހިންނާއެކު

Aug 1, 2021

މިހާރުގެ އުރީދޫ- ކުރީގެ ވަތަނިއްޔާ ރާއްޖެއަށް ފޭބި ދުވަހަކީ މިއަދެވެ. ގަތަރުގެ އެންމެ ބޮޑު އެއް ކުންފުނިން ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއްގެ ގޮތުގައި އިންވެސްޓް ކުރި ދުވަހަކީ މި ދުވަހެވެ. އެ ކުންފުނީގެ ހިދުމަތް ރާއްޖޭގައި ފެށީ 1، އޮގަސްޓް 2005 ގަ އެވެ. މިއަދު އެ ކުންފުނިން ރާއްޖޭގައި 16 އަހަރު ފުރުން ފާހަގަ ކުރަމުންދާއިރު އުރީދޫން މި ދާއިރާ އަށް ބޮޑެތި ބަދަލު ތަކެއް ގެނެސްދީފި އެވެ. އެ ބަދަލު ތަކަކީ ކޮބައި ހެއްޔެވެ؟

އެންމެ ބޮޑު އެއް ބަދަލަކީ އަދި ކާމިޔާބަކީ މި ދާއިރާ އަށް އައި ވާދަވެރިކަމުގެ ހެޔޮ ބަދަލެވެ. އަދި ޒަމާނީ ނެޓްވޯކެއް މެދުވެރިިކޮށް ދިވެހިންނަށް ގެނެސްދިން ޑިޖިޓަލް ޒަމާނީ ހިދުމަތް ތަކެވެ.

އުރީދޫގެ ސީއީއޯ އަދި އެމްޑީ ނަޖީބު ހާން ވިދާޅުވެފައިވާ ގޮތުގައި އެ ކުންފުނީގެ މަގުސަދަކީ އިންޓަނެޓް ވޯލްޑުގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ރާއްޖެ އަށް ގެނެސް ދިނުމެވެ. އެ ކުންފުނީގެ މި ވިޝަން ދަނީ ކާމިޔާބުވަމުންނެވެ. ދުނިޔެ ދަންނަަ ޓެކްނޮލޮޖީ ދަނީ ހަލުވިކަމާއެކު ރާއްޖޭގެ ހަފޮޅުން އެތެރެ ކުރަމުންނެވެ.

އުރީދޫން މިއަދު އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު ދިވެހިންނާއެކު މިކުރި 16 އަހަރުގެ ދަތުރުގައި ގިނަ ހިދުމަތް ތަކެއް ކޮށްދީފައިވެ އެވެ. އެގޮތުން އެ ކުންފުނިން ވަނީ ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލުވެފަ އެވެ. ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔަ އިނީޝިއަލް ޕަބްލިކް އޮފަރިން (އައިޕީއޯ) އާއެކު ދިވެހިންނަށް ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނީގައި ހިއްސާ ވުމުގެ ޝަރަފު ހޯދައިދިނީތީ ދިވެހިން ޝުކުރުވެރިވެ އެވެ.

އުރީދޫން ވަނީ ރާއްޖޭގައި ހިދުމަތް ފެށުމާއެކު ތްރީޖީ އާއި ފޯޖީގެ ހިދުމަތް ވެސް ދީފަ އެވެ. އަދި "ވައިފައި ކޯލިން" ފަދަ ޒަމާނީ ހިދުމަތްތައް ދީފައިވެ އެވެ. އުރީދޫ އަށް އިންޓަނެޓުގެ ހިދުމަތް ދޭން ހުއްދަ ލިބުމާއެކު ރާއްޖޭގެ އާބާދީގެ 70 ޕަސެންޓަށް "ސުޕަނެޓް" ދީފައިވެ އެވެ. މީގެ އިތުރުން 5 ޖީގެ ހިދުމަތް ދީ ފިކްސްޓް ބްރޯޑްބޭންޑް އެއާފައިބާ ލޯންޗް ކޮށްފައިވެ އެވެ. އަދި ހަތް ޑިޖިޓަލް ސެންޓަރު ހަދާފައިވެ އެވެ. ފަސޭހަކަމާއެކު ބޭނުން ވަގުތެއްގައި ހިދުމަތް ދެވޭ ގޮތަށް ކުޅުދުއްފުއްޓާއި މާލެ އަދި ހުޅުމާލޭގައި "ޑިޖިޓަކް ކިއޮސްކް" ވަނީ ގާއިމްކޮށްފަ އެވެ. އަދި ޑިޖިޓަލް ފައިސާ "އެމް ފައިސާ" އާއި އީކޮމާސް ހިދުމަތެއްގެ ގޮތުގައި "މޫލީ" ވެސް ތައާރަފުކޮށްފައިވެ އެވެ.

މި ހިދުމަތްތަކުގެ އިތުރުން ކޮވިޑް ފަދަ ހާލަތެއްގައި އުރީދޫ ފަދަ ކުންފުންޏެއް އޮތުންވީ ދިވެހިން ކުރިއަށް ދާން ލިބުނު އިތުރު ހިތް ވަރަކަށެވެ. ކޮވިޑުގެ މިހާލަތުގައި ގޭގައި ގިނަ ބަޔަކު ބަންދުވީ ވަގުތު ސްކޫލް ކުދިންނަށް ކިޔަވަން ހާއްސަ ލުއިތަކެއް އެ ކުންފުނިން ދިނެވެ. އަދި ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ގަތަރު އުރީދޫ ގްރޫޕާއި އުރީދޫ މޯލްޑިވްސް އިން ވެދީފައިވާ 2.5 މިލިއަން ރުފިޔާގެ އެހީ އަކީ ފާހަގަކުރަން ޖެހޭ ކަމެކެވެ.

ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވާ ގައުމަކަށްވުމާއެކު ރާއްޖޭން ބޭރުގައި ކުރަމުން ގެންދާ އިޝްތިހާރު ކުރުންތަކުގައިވެސް އެ ކުންފުނިން ދިވެހިންގެ އަތުގައި ހިފި އެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އާއި އެކު އިޝްތިހާރު ކޮށް ދިނުމަށް އުރީދޫން ބައިވެރިވެ "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕޭންގެ ދަށުން އުރީދޫ އޮޕަރޭޓް ކުރާ 10 ގައުމެއްގެ 117 މިލިއަނަށް ވުރެ ގިނަ ކަސްޓަމަރުންނަށް އަމާޒުކޮށް ރާއްޖޭގެ ރީތިކަން ޕްރޮމޯޓް ކުރަން ޑެސްޓިނޭޝަން ކެމްޕެއިނެއް ދަނީ ހިންގަމުންނެވެ.

ކާމިޔާބު 16 އަހަރު ތެރޭގައި އުރީދޫ އަށް މިދިޔަ އަހަރުވީ ދުނިޔޭގެ ފެންވަރުގައި ގިނަ އެވޯޑުތަކެއްވެސް ލިބުނު އަހަރަކަށެވެ. އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސްގައި ބައިނަލްއަގުވާމި ގިނަ އެވޯޑު ތަކެއް ހޯދުންވީ ރާއްޖޭގައި އެ ކުންފުނިން ދޭ ހިދުމަތް ދުނިޔެއިން ވެސް ބަލައިގަތްތަކުގެ ފުރިހަމަ ހެއްކަކަށެވެ.