ވިޔަފާރި

އޭޝިޔާގެ ކޮންޓްރަކްޓަރުންގެ ޖަމިއްޔާގެ ވައިސް ޕްރެޒިޑެންޓަކަށް ޖަނާ

އޭޝިޔާގެ އެންމެ ކޮންޓްރަކްޓަރުންގެ ޖަމިއްޔާ ކަމަށްވާ އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ކޮންޓްރެކްޓާސް (އިފަޕްކާ) ގެ ވައިސް ޕްރެޒިޑެންޓަކަށް މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ހޮވައިފި އެވެ.

މިމަހުގެ 19 ވަނަ ދުވަހު ޖަޕާނުގެ ވެރިރަށް ޓޯކިއޯގައި ބޭއްވި އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ކޮންޓަރްކްޓާސް ޖަމިއްޔާގެ 42 ވަނަ ބައްދަލުވުމުގައި ޖަނާހު އެ ޖަމިއްޔާގެ ނައިބް ރައީސްގެ މަގާމު ލިބުނުއިރު، މި ޖަމިއްޔާއަކީ މިހާރު އޭޝިޔާގައި އޮތް ކޮންޓްރެކްޓަރުންގެ އެންމެ ބޮޑު ޖަމިއްޔާ އެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ ތަމްސީލްކުރާ ޖަމިއްޔާ، މަސީގެ ރައީސްކަން ހަތް ފަހަރު ކުރައްވާފައިވާ ޖަނާހަކީ ރާއްޖެ އާއި ރާއްޖޭން ބޭރުގައި އިމާރާތް ކުރުމުގެ ދާއިރާގެ ގިނަ ހަރަކާތްތަކެއް ހިންގަމުންދަވޭ ބޭފުޅެކެވެ. ޖަނާހުގެ ކުންފުނި ހޮޓެލް އެންޑް ރިސޯޓް ކޮންޓްރަކްޝަން (އެޗްއާރުސީ) އިން މީގެ ކުރިން ދުބާއީ އާއި ބޭރުގެ މަޝްހޫރު ބައެއް މީހުންގެ ޕްރޮޖެކްޓްތަކުގެ މަސައްކަތް ވެސް ކޮށްފައިވެ އެވެ.