ފޮރިން އިންވެސްޓްމެންޓް

ރިސޯޓު ހަދާ ރަށްތައް އަންނަ ހަފުތާ ހަވާލު ކުރަނީ

ޓޫރިޒަމް މިނިސްޓްރީ: ރިސޯޓު ހަދަން ދޫކުރި ރަށްތަކުގެ ބިޑް ކާމިޔާބު ކުރި ފަރާތްތައް އަންނަ ހަފުތާ އިއުލާނު ކުރާނެ -- ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ
0%
0%
0%

ރިސޯޓު ހަދަން ހުޅުވާލި ރަށްތަކުގެ އިވެލުއޭޝަން ނިންމައި، އަންނަ ހަފުތާ އެވޯޑު ކުރަން ފެށޭ ވަރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓަރު އަލީ ޝިނާން އަވަސް އަށް މިއަދު ވިދާޅުވީ އަލަށް ރިސޯޓު ހަދަން ހުޅުވާލި ރަށްތަކުގެ އިވޭލުއޭޝަން ނިމި، ކަށަވަރުކުރަން ޖެހޭ ބައެއް ކަންތައްތައް ސާފުކުރަން ފަށާފައިވާ ކަމަށެވެ.

"މި ބަލަނީ މިކަން ނިމި މި ހަފުތާ ތެރޭގައި ބިޑް ކޮމެޓީ އެއްކުރެވޭނެ ކަމަށް، މިހާރު ޕްލޭން ކޮށްފައިވަނީ މާދަމާ އަށް. އުއްމީދު ކުރަނީ އަންނަ ހަފުތާ ރަށްތައް އެވޯޑު ކުރަން ފެށި، ލެޓާތައް ފޮނުވަން ފެށޭނެ ކަމަށް،" ޝިނާން ވިދާޅުވި އެވެ.

މި ސަރުކާރުން ރިސޯޓު ހަދަން ހުޅުވާލި 16 ރަށުގެ ތެރެއިން ހަތް ރަށަކަށް ނުވަ ފަރާތަކުން ކުރިމަތިލާފައިވެ އެވެ. މި 16 ރަށަށް 18 ބީލަން ފޮތް ގަތެވެ. މި ރަަށްތަކުގެ ތެރެއިން ނުވަ ފަރާތަކުން ހަތް ރަށަށް 13 ބީލަން ހުށަހެޅި އެވެ.

ސަރުކާރުން މި ރަށްތައް ބިޑަށް ހުށަހެޅުމަށްފަހު ވަނީ އަގު ދަށްކޮށްފަ އެވެ. މި ރަށްތައް ދޫކޮށްފައި ވަނީ 30 ޕަސެންޓުގެ ޑިސްކައުންޓެއް ދީގެންނެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މި ރަށްތަކުގެ ތެރެއިން އެއްވެސް ފަރާތެއް ކުރިމަތި ނުލާ ރަށްތައް އިތުރަށް ދިރާސާ ކުރާނެ ކަމަށެވެ. މި އަހަރުގެ ބަޖެޓުގައި ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި 10 ރަށެއް މާކެޓަށް ނެރޭނެ ކަމަށް ބުނެފައިވެ އެވެ. އަދި މި ރަށް ތަކުން ދައުލަތަށް 130 މިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345