ދައުލަތުގެ އާމްދަނީ

ހަތް ރަށް: ލަފާކުރީ 148 މިލިއަން، ލިބޭނީ 190 މިލިއަން

ރިސޯޓު ހަދަން މި ސަރުކާރުން އެންމެ ފަހުން ހަވާލު ކުރަން ނިންމި ހަތް ރަށުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނީ 12.4 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 193 މިލިއަން ރުފިޔާ) އެވެ. މިއީ މި އަހަރު ރިސޯޓު ތަރައްގީ ކޮށްގެން ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށްވުރެ މަތީ އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރިސޯޓު ހަދަން 18 ދޫކޮށް މީގެ ތެރެއިން ބިޑް ހުށަހެޅި ފަރާތްތަކަށް ހަތް ރަށް ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ. މި ރަށްތަކުން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 11،8 ޑޮލަރު (ގާތްގަނޑަކަށް 182.4 މިލިއަން ރުފިޔާ) ލިބޭނެ އެވެ. މީގެ މި ފަރާތްތަކުން ޓޫރިޒަމް ޓްރެއިނިން ފަންޑަށް 637،121 ޑޮލަރު (ގާތްގަނޑަކަށް 9.8 މިލިއަން ރުފިޔާ) ދައްކާނެ އެވެ.

އެވޯޑުކުރި ރަށްތަކާއި އަގުތައް

  • ހއ. އަލިދުއްފަރުފިނޮޅު: ކުލި 390،000.00 ޑޮލަރު، ޓްރެއިނިން ފަންޑަށް 7،000.00 ޑޮލަރު
  • މ. ސީދީހުރާ (މ. ސީދީހުރާ ވެލިގަނޑާ އެކު) ކުލި 1,5 މިލިއަން ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 120،000.00 ޑޮލަރު
  • ފ. އެނބުލުފުށި: ކުލި 3،6 މިލިއަން ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 150،000.00 ޑޮލަރު
  • ފ. ޖިންނަތުގައު: ކުލި ދެ މިލިއަން ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 200،121.00 ޑޮލަރު
  • ގދ. ކަނޑަހަލަގަލާ: ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 2،8 މިލިއަން ޑޮލަރު، ޓޫރިޒަމް ޓްރެއިނިންއަށް 150،000.00 ޑޮލަރު
  • ގދ. ފެރޭތަވިލިގިއްލާ (ގދ. ދެކާނބަ، ގދ. ކޮޑެރެޓާ އަދިއާއެކު އެކު) ކުލި 702،000.00 ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 5،000.00 ޑޮލަރު

މި އަހަރުގެ ބަޖެޓުގައިވާ ގޮތުން ރިސޯޓު ކުއްޔަށް ދީގެން މި އަހަރު ލިބޭނެ ކަމަށް ބެލެވެނީ 148 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިހާރު އެވޯޑު ކުރި ރަށްތައް ނެގި ފަރާތްތަކުން 90 ދުވަހުގެ ތެރޭގައި އެކުއެޒިޝަން ކޮސްޓް ދައްކައިފިނަމަ ޓްރޭނިން ފަންޑަށް ދައްކާ އަދަދު ހިމަނައިގެން ބަލައިފިނަމަ ދައުލަތަށް 193 މިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި ހަމައެކަނި ކުލިން ބެލިނަމަ 171 މިލިއަން ރުފިޔާ ލިބޭނެ އެވެ.

މި ފަހަރު ރަށްތައް ބިޑްކޮށްފައިވަނީ ޓޫރިޒަމް މަދުންހުރި ހދ. އާއި މ. އަދި ފ. ގެ އިތުރުން ހުވަދު އަތޮޅުންނެވެ. މި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ހުށަހެޅީ 3.6 މިލިއަން ޑޮލަރު ހުށަހެޅި ފ. އެނބުލުފުށްޓަ ށެވެ.

މި ސަރުކާރުން ވެރިކަމަށް އަައިފަހުން ރިސޯޓު ހަދަން މިހާތަނަށް އެވޯޑު ކުރީ އެންމެ ރަށެވެ. ނަމަވެސް މިހާރު ހަވާލުކުރި ހަތް ރަށަކީ މިހާތަނަށް ދޫކުރި އެންމެ ގިނަ އަދަދެކެވެ. މި އަހަރު ރިސޯޓު ހަދަން 20 ރަށޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.