މާރާމާރީ ހިންގުން

މާލޭގެ ގެއަކަށް ވަދެ މާރާމާރީ ހިންގައިފި

މާލޭގެ ގެއަކަށް ހުއްދައެއް ނެތި ފިރިހެނަކު ވަދެ މާރާމާރީ ހިންގި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭގެ ވަގުތެއްގައި ފިރިހެނަކެ މާލެގެ ގެއަކަށް ވަދެ އެގޭގައި ހުރި ތަކެއްޗަށް ގެއްލުންދީ އަންހެނަކާ މާރާމާރީ ހިންގި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 08:14 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

އެ މާރާމާރީގައި ފިރިހެން މީހާ އާއި އެގޭގައި ހުރި އަންހެން މީހާ އަށް ކުދި ކުދި އަނިޔާވެފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.