ރައީސް އަބްދުﷲ ޔާމީނަށް ދިން ހަމަލާ

ބޮން ގޮއްވާލި މައްސަލައިގައި ހިމެނޭ ވިޝާމް ހޯދަން ރެޑް ނޯޓިސް ނެރެފި

"ފިނިފެންމާ" ގައި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅުން އޮތްކަމުގެ ތުހުމަތުގައި ހޯދަމުްނ އަންނަ މުހައްމަދު ވިޝާމް، ވިޝް ހޯދަން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފި އެވެ.

އިންޓަޕޯލް އިން ނެރެފައިވާ ރެޑް ނޯޓިސްގައި ބުނެފައި ވަނީ އުމުރުން 21 އަހަރުގެ ވިޝާމް އަށް ކުރެވޭ ތުހުމަތުތަކަކީ މަކަރު ހަދައިގެން އޮޅުވާލައިގެން އުޅޭ މައްސަލަ އަކާއި، މަރާލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް ކަމަށެވެ. އޭނާ ހޯދަން ރެޑް ނޯޓިސް ނެރުމަށް އެދުނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.

ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެމުން އަންނަ ޖުމްލަ އަށް މީހަކު ހޯދުމަށް މިހާތަނަށް ރެޑް ނޯޓިސް ނެރެފައިވެ އެވެ. އެހެން ނަމަވެސް މިހާތަނަށް ހައްޔަރު ކުރެވުނީ ސްރީލަންކާގައި ދިރިއުޅެމުން އައި، އަހުމަދު އަޝްރަފް، މަޝްހޫރު ނަމުން ނަމަ ޝުމްބާ ގޮންގް އެވެ. ރެޑް ނޯޓިސް ނެރެގެން ހޯދަން މަސައްކަތް ކުރާ މީހުންނަކީ އެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަރަށް ގާތްމީހުންނެވެ.

އެ މައްސަލައިގައި އަދީބު އާއި އެމްއެމްޕީއާރުސީގެ އެމްޑީ، އަބްދުﷲ ޒިޔަތު ވެސް ހައްޔަރުގައި ބަހައްޓައިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.