އިންޓަޕޯލް

އިންޓަޕޯލްގެ ސެކްރެޓަރީ ޖެނަރަލް ރާއްޖޭގައި

ދުނިޔޭ ފުލުހުންގެ މައި ޖަމިއްޔާ -- އިންޓަޕޯލަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޔޯގަން ސްޓޮކް ރާއްޖެއަށް ވަޑައިގެންފި އެވެ.

ޔޯގަންގެ މިދަތުރުފުޅުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އިންޓަޕޯލްގެ ނެޝަނަލް ސެންޓްރަލް ބިއުރޯ މާލެ އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ އެގްޒެކެޓިވް މެނޭޖްމަންޓާ ބައްދަލުކުރައްވާފައިވެ އެވެ.

ފުލުހުން ބުނީ މި ބައްދަލުކުރެއްވުމުގައި އިންޓަޕޯލާ ގުޅިގެން ކުރާ މަސައްކަތް އިތުރަށް ފުޅާކޮށް ރާއްޖެއާއި އިންޓަޕޯލާ ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

އިންޓަޕޯލަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިމަހުގެ10 ވަނަ ދުވަހު އިންޓަޕޯލްގެ ބެނާ ކަނޑުއަޑީގައި ދަމާލުަމށް ބޭއްވި ހަރަކާތެއްގައިވެސް ޔޯގަން ބައިވެރިވެވަޑައިގެންނެވި އެވެ.

އިންޓަޕޯލްގައި 194 ގައުމު ހިމެނޭއިރު ރާއްޖެއިން އިންޓަޕޯލްގެ މެމްބާޝިޕް ހޯދީ 1984 ގައެވެ.