އިންޓަޕޯލް

އިންޓަޕޯލްގެ ޑޭޓާބޭސްއާ ދިވެހި ފުލުހުންގެ ސިސްޓަމް ގުޅާލައިފި

Feb 1, 2021

އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭޝަން (އިންޓަޕޯލް) ގެ ޑޭޓާބޭހާއި ދިވެހި ފުލުހުންގެ އިންފޮމޭޝަން ސިސްޓަމް ގުޅުވާލައިފި އެވެ.

ސިސްޓަމްތައް މި ގޮތަށް ގުޅައިލުމުން ދިވެހި ފުލުހުންގެ ފްރޮންޓްލައިން، މާލެއާއި އަތޮޅުތަކުގައި މަސައްކަތްކުރާ އިރު އިންޓަޕޯލް ނެޓްވޯކްގައި ހިމެނޭ މީހުން ވަގުތުން ދެނެގަތުމުގެ ފުރުސަތު ލިބެ އެވެ. ހާއްސަކޮށް ޓެރަރިޒަމްގެ ނުރައްކަލުން ސަލާމަތްވުމަށް މައުލޫމާތު ލިބުމުގައި ފަސޭހަވެ ފުލުހުންގެ މަސައްކަތްތައް ކުރިއެރުންތައް ލިބިގެންދެ އެވެ.

އިންޓަޕޯލްއާ މައުލޫމާތު ހިއްސާ ކުރަން ރާއްޖޭގެ ކަސްޓަމާއި އިމިގްރޭޝަނުން ވެސް މީގެ ކުރިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.