މޯލްޑިވްސް ޕޮލިސް ސާވިސް

އިންޓަޕޯލަށް ދިވެހި ފުލުހަކު ފޮނުވަނީ

Oct 18, 2022

ދިވެހި ފުލުހަކަށް އިންޓަޕޯލްގައި މަަސައްކަތް ކުރުމަށް ފުރުތަމަ ފަހަރަށް ފުރުސަތު ދީފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ވިދާޅުވީ ފްރާންސްގެ ލިއޯންގައި ހުންނަ އިންޓަޕޯލްގެ ހެޑް އޮފީހުގައި ތިން އަހަރު ވަންދެން މަސައްކަތް ކުރުމަށް ފުރަތަމަ ފަހަރަށް ދިވެހި ފުލުހަކަށް ފުރުސަތު ލިބިފައިވާ ކަމަށެވެ.

އިންޓަޕޯލްގެ ފައިނޭންޝަލް ކްރައިމް ޑިޕާޓްމަންޓްގައި މަސައްކަތް ކުރުމަށް ފުލުހުންގެ ޗީފް އިންސްޕެކްޓާ ރޭންކްގެ ފުލުހަކު ކަނޑައެޅީވެސް އެ ޖަމިއްޔާ އިންނެވެ.


ސީޕީ ވިދާޅުވީ މިފުރުސަތު ލިބުމުން އެނގެނީ ކުށްކުރުން ހުއްޓުވުމަށް ދުނިޔޭގެ ފެންވަރުގައި ކުރަމުންދާ މަސައްކަތް އިތުރުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް ކަމަށެވެ.

މިފުރުސަތުގެ ސަބަބުން ފުލުހުންގެ ގާބިލްކަން އިތުރުކުރުމަށް މަގުފަހިވާނެ ކަމުގައިވެސް ސީޕީ ވިދާޅުވި އެވެ.

ފުލުހުންގެ ބައިނަލްއަގްވާމީ އެންމެ ބޮޑު ޖަމިއްޔާ -- އިންޓަޕޯލްގެ މެންބަރުންގެ ގޮތުގައި 195 ގައުމެއް ހިމެނެ އެވެ.