ޓެކްނޯލޮޖީ

ސެމްސަންގެެއް ނޫން، ހުވާވޭ އެއް ނޫން: ސަމްސޮން އަދި ވާވޭ

ޔޫރަޕްގެ އެކި ބްރޭންޑްތަކަށް އަހަރެމެން ފަރިތަވެފައި ތިބުމަށް ފަހު އޭޝިއާ ސަރަހައްދުގެ ބްރޭންޑްތަކަށް ވެސް މި ވަނީ ލޯ ހުޅުވެން ފަށައިފަ އެވެ. "ފޭކް ޗައިނާ"އޭ ކިޔަމުން ގޮސް މިހާރު މިއޮތީ ޗައިނާގެ ބައެއް ބްރޭންޑްތަކުގެ ވަރުގަދަކަން ހިތާ ދެކޮޅަށް ނަމަވެސް ގަބޫލުކުރަން ޖެހިފަ އެވެ. ހުޅަނގުގެ އުފެއްދުންތައް މާމޮޅު ކަމަށް ހަދައިގެން ޕްރޮމޯޓްކުރާ ހުޅަނގުގެ މީޑިއާތަކަށް ވެސް މިހާރު މި ވަނީ އޭޝިއާގެ ޓެކްނޮލޮޖީގެ ވަރުގަދަކަން ބަލައިގަންނަން ޖެހިފަ އެވެ. އެކަމަކު ޓެކް ބްރޭންޑްތަކުގެ ނަންތައް ކިޔުން މި ވަނީ އުނދަގުލަކަށް ވެފަ އެވެ.

ނަމެއް ކިޔާއިރު އެ ބައެއްގެ މާދަރީ މަހުން އެ ނަމެއް ކިޔޭ އެންމެ ރީތި އަދި ދުލަށް ފަސޭހަ ގޮތަކަށް ބައްޓަންވެގެންދެ އެވެ. ދެކުނު ކޮރެއާގެ މި ބްރޭންޑުގެ ނަމަށް ވެސް ވެފައި ވަނީ އެހެންނެވެ. އެއީ މައްސަލައެއް ނޫނެވެ. ގިނަ ބަޔަކު މި ކިޔަނީ "ސެމްސަންގް" އެވެ. އެކަމަކު މިއީ "ސަމްސޮންގް" އެވެ. ގާފުގެ ސުކުން އެހާ ބާރަށް ނުކިޔައްޗެވެ. އެކަމަކު މިއަދު މިއީ އެންމެ ގިނަ މީހުން ބޭނުންކުރާ މޯބައިލް ފޯނު ބްރޭންޑަށް ވުމުން އެ އެންމެން ފަރިތަވެފައިވާ ގޮތަށް "ސެމްސަންގް" ނޫން ގޮތަކަށް ދެން މި ނަން ކިޔަން ޖެހޭނެ ކަމަކަށް ނުފެނެ އެވެ.

މިއީ ވެސް ނިކަން ބާރަށް ޓެކް ދުނިޔޭގައި ވަކި ހިއްޕަމުން މައްޗަށް އަރަމުން އަންނަ ޗައިނާގެ ކުންފުންޏެެކެވެ. މިހާރު މިއީ ތިން ވަނަ އަށް އެންމެ ގިނައިން މޯބައިލް ފޯނު އުފައްދާ ކުންފުންޏެވެ. މި ކުންފުނީގެ ނަން ކިޔާނީ ކިހިނެއް ހެއްޔެވެ؟ އަހަރެމެންގެ ތެރެއިން ގިނަ މީހުން މި ނަން ކިޔާތީ އިވެނީ "ޒިއޯމީ" ކަމަށެވެ. އެކަމަކު އެގޮތް ނުބައެވެ.

މިނަން އެމެރިކާ މީހުންނަށް ފުރަތަމަ އަޑު އިވުނީ ގޫގުލްގެ އެންޑްރޮއިޑް ޑިވިޝަންގެ ނައިބު ރައީސްކަމުގައި ހުރި ބްރެޒިލްގެ ކޮމްޕިއުޓަ ސައިންޓިސްޓެއް ކަމަށްވާ ހިއުގޯ ބާރާ އިސްތިއުފާ ދިނުމަށް ފަހު އެހެން ކުންފުންޏަކާ ގުޅުމުންނެވެ. ބާރާ ގުޅުނު ކުންފުނީގެ ނަން އެމެރިކާގެ މީޑިއާ އިން އެކި ގޮތަށް ކިޔަމުން ދަނިކޮށް އެ މައްސަލަ ހައްލުކޮށްދިނީ އޭނާ އެވެ. އޭނާ ބުނާ ގޮތުން މި ނަން އެންމެ ފަސޭހައިން ކިޔޭނީ "ޝޯ މީ" ކިޔާ ގޮތަށް ކިޔައިގެންނެވެ. އެކަމަކު ފުރިހަމަ ގޮތަކީ "ޝިއޯމީ" އެވެ.

މި ބްރޭންޑް އަހަރެމެންގެ ތެރޭގައި ވަރަށް ގިނަވެއްޖެ އެވެ. މީގެ ލެޕްޓޮޕް ވަރަށް މަގުބޫލެވެ. ފޯނު ވެސް އަގުހެޔޮ ވެފައި ރަނގަޅެވެ. މި ބްރޭންޑުގެ ނަމަކަށް އަހަރެމެންގެ ތެރޭގައި ހަރުލާފައި މި ވަނީ "އަސޫސް" އެވެ. އެކަމަކު މި ކުންފުނިން ވެސް ވަނީ ކުންފުނީގެ ނަން ނުބައިކޮށް ކިޔާ މީހުން ގިނަކަމުން އެ ނަން ދަސްކޮށްދޭން އިސްތިހާރުތައް ވެސް ހަދައިފަ އެވެ. އެ އިސްތިހާރުތައް ބުނާ ގޮތުން ނަމަ ރަނގަޅު ގޮތަކީ "އެސޫސް" އެވެ.

މޯބައިލް ފޯނުގެ ދުނިޔޭގައި ރަސްކަން ކުރަމުން ދިޔަ މި ކުންފުނި ނިކަމެތިވެގެން ދިއުމުގެ ކުރިން އެންމެންގެ ސިކުނޑީގައި ވަނީ ނަން ހަރުލައްވައިފަ އެވެ. އަމިއްލަ ޓެކްނޮލޮޖީގައި ބައްދައިގެން، ގޮތް ދޫނުކުރަން ތިއްބާ މަގާމު ގެއްލުނު ކުންފުނި ވިސްނުން ބަދަލުކޮށް އެނބުރި އަންނަން މަސައްކަތް ފަށައިފި އެވެ. މި ކުންފުނީގެ ނަން ކިޔުމުގައި މާބޮޑު މައްސަލައެއް ނޫޅޭކަންނޭނގެ އެވެ. އަހަރެމެން ގިނައިން މި ކިޔަނީ "ނޮކިޔާ" އެވެ. އެކަމަކު އެންމެ ރަނގަޅު ގޮތަކީ "ނޯކިޔާ" އެވެ.