ގަދަނަކުން ވައްކަން ކުރަން ވަން ތިން މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.
ފުލުހުން މިހާރު ވަނީ ގުދަނުން ވައްކަން ކުރި ތިން މީހުންގެ ވީޑިއޯއެއްވެސް އާންމުކޮށްފަ އެވެ.
އެ ވީޑިއޯއިން ފެންނަނީ ތިން ފިރިހެނަކު ހުސްކުރި ކާޑު ބޯޓު ފޮއްޓަކާއި ދަތުރުމަތީގައި ހެނދުން އަޅަން ގެންގުޅޭ ދެ ފޮށި ހިފައިގެން މަގުމަގީގައި ހިނގަމުންދާ މައްޒަރެވެ.
ތިން މީހުން ވެސް ތިބީ މާސްކު އަޅައިގެނެވެ. ނަމަވެސް މާސްކް ދަތްދޮޅި މަތީގައި އޮތުމުން މޫނު ސާފުކޮށް ފެނެ އެވެ. ތިން މީހުން ވެސް ހުރީ ތަފާތު ކުލަތަކުގެ އަތް ކުރު ޓީޝާޓް ލައިގެނެވެ. އަދި އެމީހުންގެ ކައިރިން އާންމުން ވެސް ހަރަކާތްތެރިވާ މަންޒަރު ފެނެ އެވެ.
ފުލުހުން ބުނީ އެމީހުން ވައްކަން ކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހު ކަމަށެވެ. އެއީ ދުވާލުގެ ވަގުތެއްގައި މއ. ބާބުލްއަވާލީ ގޭގައި ހުރި ގުދަނަކުންނެވެ.
ތިން މީހުން ހޯދަމުންދަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ކަމަށް މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ބުނީ އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.
ފުލުހުން ވަނީ މީގެ ކުރިން ވެސް މިފަދަ ކުށްތައް ހިންގާ މީހުން ހޯދުމަށް އާންމުންގެ އެހީއަށް އެދިފަ އެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުން ވެސް ވަރަށް ބޮޑެވެ.