މޯލްޑިވްސް ޕޮލިސް ސާވިސް

މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދީފި

މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދީފި އެވެ.

ފުލުހުން ދެންމެ ބުނީ ފުވައްމުލަކުން މާލެ އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ މީހަކު އިންޒާރު ދިން މައްސަލައެއް މިރޭ ހުށައެޅިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ނުކުރާ ކަމަށްވެސް ބުންޏެވެ.

އަދި ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފްލައިޓެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރު ދިނުމާއި އެ ނޫންވެސް ނުރައްކާތެރި އިންޒާރުތައް ދިނުމަކީ ބައިނަލްއަގްވާމީ ވައިގެދަތުރުފަތުރާ ގުޅޭ ގާނޫނުތަކުގައި ވަރަށް ހަރުކަށި އަދަބު ކަނޑައެޅިފައިވާ ކުށްތަކެވެ. އެފަދަ އިންޒާރުތައް ދުނިޔޭގެ ހުރިހާ ގައުމަކުން ހެން ވަރަށް ސީރިއަސްކޮށް ބަލާ ފިޔަވަޅު އަޅައެވެ. އަދި ބޮޑެތި އަދަބުތައް އެ ގައުމުތަކުގެ ގާނޫނުތަކުގައިވެސް ކަނޑައަޅާފައި ހުރެއެވެ.