މޯލްޑިވްސް ޕޮލިސް ސާވިސް

ފްލައިޓް ހައިޖެކްކުރަން އިންޒާރު ދިން މީހާ ހައްޔަރުކޮށްފި

Aug 31, 2021

މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މީހާ ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ފުވައްމުލަކުން މާލެ އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ މީހަކު އިންޒާރު ދިން މައްސަލައިގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ މައްސަލަ ފުލުހުންނަށް ރޭ ހުށަހަޅެމުން ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފްލައިޓެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރު ދިނުމާއި އެ ނޫންވެސް ނުރައްކާތެރި އިންޒާރުތައް ދިނުމަކީ ބައިނަލްއަގްވާމީ ވައިގެދަތުރުފަތުރާ ގުޅޭ ގާނޫނުތަކުގައި ވަރަށް ހަރުކަށި އަދަބު ކަނޑައެޅިފައިވާ ކުށްތަކެވެ. އެފަދަ އިންޒާރުތައް ދުނިޔޭގެ ހުރިހާ ގައުމަކުން ހެން ވަރަށް ސީރިއަސްކޮށް ބަލާ ފިޔަވަޅު އަޅައެވެ. އަދި ބޮޑެތި އަދަބުތައް އެ ގައުމުތަކުގެ ގާނޫނުތަކުގައިވެސް ކަނޑައަޅާފައި ހުރެއެވެ.