މޯލްޑިވްސް ކަސްޓަމްސް ސާވިސް

ޑިއުޓީ މައާފު ކުރަން ފޯމު ހުށަހަޅަން ނުޖެހޭ ގޮތަށް ހަދައިފި

ޑިއުޓީ މައާފު ކުރުމަށްޓަކައި ކުރިން ހުށަހަޅުން ދިޔަ ފޯމު ހުށަހަޅަން ނުޖެހޭ ގޮތަށް ކަސްޓަމްސް އިން ނިންމައިފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ބުނީ ކަސްޓަމްސް އާއްމު ގަވާއިދުގެ ކަސްޓަމްސް ގެ ވެބްސައިޓުގައި ޑިއުޓީ މައާފު ކުރުމަށް ހުށަހަޅާ ފޯމް ނަންބަރު "MCS-106" އަކީ އެކިއެކި މުއައްސަސާތަކުން ޑިއުޓީ މައާފު ކޮށްދޭ މުދަލުގެ މައުލޫމާތު ފަސޭހަ ކަމާއިއެކު ކަސްޓަމްސް އަށް ހުށަހެޅުމަށްޓަކައި ތައާރަފުކޮށްފައިވާ ފައިވާ ފޯމެއް ކަމަށެވެ.

ނަމަވެސް ސަރުކާރުގެ އިދާރާ އަކުން ޑިއުޓީ މައާފުކުރާ މުދަލުގެ މައުލޫމާތު ކަސްޓަމަށް ލިޔުމުން އަންގާތީ އާއި ޑިއުޓީ މައާފުކޮށް ސަރުކާރުގެ އިދާރާ އިން ދޫކޮށްފައިވާ ސިޓީ ވެސް ކަސްޓަމްސް އަށް ހުށަހަޅަމުންދާ ކަމަށެވެ.

މި ފޯމްގައި އެކުލެވޭ ހުރިހާ މައުލޫމާތަކީ ކަސްޓަމްސް ޑިކްލަރޭޝަން ހުށަހަޅާ މަރުހަލާގައި "އަސިކުޑާ ވޯލްޑް" ޕްރޮގްރާމް މެދުވެރިކޮށް ކަސްޓަމްސްއަށް ޑިކްލެއާކުރާ މައުލޫމާތަށްވާތީ، ކަސްޓަމްސް އަށް ހުށަހަޅާ ލިޔެކިއުން މަދު ކުރުމާއި ހިދުމަތް އަވަސް ކުރަން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މި ފޯމު ހުށަހަޅަން ނުޖެހޭގޮތަށް ހަމަޖައްސައިފީމެވެ.

ކަސްޓަމުން ބުނީ މިގޮތަށް ހަމަޖެއްސި ނަމަވެސް، އެކިއެކި އެއްބަސްވުންތަކުގެދަށުން ޑިއުޓީ މައާފްވާ މުދަލަށް، އެ އެއްބަސްވުމުގެ ޑިއުޓީ މަޢާފްވާ އާޓިކަލް/ ކްލޯސް ނަންބަރު ނުވަތަ އެކި މުއައްސަސާތަކުން ޑިއުޓީ މައާފްކުރާ މުދަލަށް އެ މުއައްސަސާ އަކުން ދީފައިވާ ސިޓީ ނަންބަރު "އަސިކުޑާ ވޯލްޑް" ގެ އެ މައުލޫމާތު އެންޓަކުރުމަށް ކަނޑައެޅިފައިވާ ގޮޅީގައި ބަޔާންކުރަންޖެހޭގޮތަށް ހަމަޖެހިފައިވާތީ ޑިއުޓީ މައާފްވާ މުދަލަށް "ގުޑްސް ޑިކްލަރޭޝަން" ފުރިހަމަކުރާއިރު، އެ މައުލޫމާތު އެންޓަކުރެއްވުމަށް ސަމާލުކަން ދޭން ވާނެ ކަމަށެވެ.