ވިޔަފާރި

މި އަހަރު ވިއްކި ސްކޫކް 500 މިލިއަން ޑޮލަރަށް

Sep 4, 2021
2

ސަރުކާރުން މި އަހަރު ރާއްޖޭން ބޭރުގައި ވިއްކި ސްކޫކްގެ އަގު 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި މަހުގެ ދެވަނަ ދުވަހު 200 މިލިއަން ޑޮލަރުގެ ސްކޫކް ބޭރު މާކެޓަށް ވިއްކާފައިވާ ކަމަށެވެ.

މި އަހަރުގެ މާޗް މަހު ވެސް ސަރުކާރުން ބޭރަށް 200 މިލިއަން ޑޮލަރުގެ ސްކޫކްއެއް ވިއްކާފައިވެ އެވެ. އަދި މި އަހަރުގެ އެޕްރީލް މަހު ވެސް ސްކޫކްއެއް އިޝޫކުރި އެވެ. އެހެންކަމުން މި އަހަރު ވިއްކި ސްކޫކްގެ އަދަދު މިވަނީ 500 މިލިއަން ޑޮލަރަށް އަރާފަ އެވެ.

ސަރުކާރުން މި އަހަރު ސްކޫކް ވިއްކާފައިވަނީ 10.5 ޕަސެންޓުގެ އިންޓްރެސްޓްގަ އެވެ. މާނައަކީ މި ސްކޫކް ގަންނަ ފަރާތަކަށް 10 ގުނަ އިތުރަށް ފައިދާ ލިބޭނެ އެވެ. މި ސްކޫކް މެޗުއާ ނުވަތަ އަނބުރާ ދައްކަން ޖެހޭނީ 2026 ގަ އެވެ.

ސުކޫކް މުއާމަލާތު ކުރިއަށް ގެންދަނީ ކްރެޑިޓް ސުއިޒް އާއި އެމިރޭޓްސް އެންބީޑީ ކެޕިޓަލް އަދި އެސްއެސްބީސީގެ އިތުރުން އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވަލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) މެދުވެރިކޮށެވެ.

މި ސުކޫކު ވިއްކާފައިވަނީ 100 ޕަސަންޓް ސަރުކާރު ހިއްސާވާ ސްޕެޝަލް ޕާފޮސް ވެސެލް (އެސްޕީވީ) ގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލު ބަދަލުކޮށްގެންނެވެ. މިއީ ސްކޫކް އިޝޫ ކުރާނަމަ ކުރުން ލާޒިމް ކަމެކެވެ. މީގެ ކުރިން ވިއްކި ސްކޫކްތަކުގައި ރާއްޖޭގެ އެހެން ބައެއް އިމާރާތްތައް ވެސް ސްޕެޝަލް ޕާފޮސް ވެސެލް (އެސްޕީވީ) ގެ ގޮތުގައި ބޭނުން ކުރި އެވެ.

ސަރުކާރުން މި އަހަރު މާޗް މަހު ވިއްކި 200 މިލިއަން ރުފިޔާގެ ސުކޫކު މުއާމަލާތު ކުރިއަށް ގެންދާނީ ކްރެޑިޓް ސުއިޒް އާއި އެމިރޭޓްސް އެންބީޑީ ކެޕިޓަލް އަދި އެސްއެސްބީސީގެ އިތުރުން އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވަލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) މެދުވެރިކޮށެވެ.

މި ސްކޫކަށް ރޭޓިން އޭޖެންސީ މޫޑީސް އިން ދާދި ފަހުން ވަނީ ބީ 3 ގެ ރޭޓިން ވެސް ދީފަ އެވެ. މި ސްކޫކް އަންނަ މަހު ވިއްކައިފިނަމަ މިކަން ވެގެން ދާނީ ރާއްޖޭން ފުރަތަމަ ފަހަރަށް އިސްކާމިކް ފައިނޭންޝަލް އިންޓްރޫމަންޓެއް ވިއްކާ ފުރަތަމަ ފަހަރަށެވެ. ރާއްޖޭގެ 2017 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 150 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑެއް ބޭރުގައި ވިއްކި އެވެ.

ސަރުކާރުން ވަނީ ސުކޫކު ވިއްކުމަށް މޯލްޑިވްސް ސުކޫކް އިޝުއަންސް ލިމިޓެޑް ގެ ނަމުގައި ކުންފުންޏެއް އުފައްދާފަ އެވެ. ސްޕެޝަލް ޕާޕޯސް ވެހިކަލް (އެސްވީޕީ) ގެ ގޮތުގައި މި އެ ކުންފުނި ރެޖިސްޓާ ކޮށްފައިވަނީ ކޭމަން އައިލޭންޑުގަ އެވެ. މި ކުންފުނި އުފެއްދުމުގެ މަގުސަދަކީ ސްކޫކް އިޝޫކުރަން ބައިނަލް އަގުވާމީ ހަމަތަކުގެ މަތިން ގާނޫނީ ހައިސިއްޔަތު ހޯދުމެވެ.

މި ސްކޫކްއާއެކު ދައުލަތުގެ ޖުމްލަ ދަރަނި 94 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އަރައި، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 140 ޕަސެންޓަށް އަރާނެ ކަމަށް މާހިރުން ލަފާކޮށްފައިވެ އެވެ.

ސްކޫކްއަކީ ލޯނަކަށް ނުވި ނަމަވެސް ދަރަނީގެ ބާވަތެކެވެ. މިއީ އިސްލާމީ ޝަރިއާއާ އެއްގޮތަށް ވިއްކޭ މާލީ އިސްޓްރޫމަންޓެކެވެ.