ފިނޭންސް މިނިސްޓްރީ

ބޭރުގެ މާކެޓުގައި 200 މިލިއަން ޑޮލަރުގެ ސްކޫލް ވިއްކަނީ

Mar 31, 2021
2

ރާއްޖެއިން ބޭރުގެ މާކެޓުގައި އަންނަ 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) ގެ ސްކޫކް ވިއްކަން ސަރުކާރުން ހުޅުވާލާނެ އެވެ.

ބޭރުގެ ބައެއް ނޫސްތަކުގައިވާ ގޮތުން ރާއްޖޭން ބޭރުގައި ވިއްކާ ފުރަތަމަ ސްކޫކްގެ ގޮތުގައި 200 މިލިއަން ޑޮލަރުގެ މި ސްކޫކް ވިއްކަނީ ފަސް އަހަރަށް 10.5 ޕަސެންޓުގެ އީލްޑް ރޭޓުގަ އެވެ.

މި ސުކޫކު މުއާމަލާތު ކުރިއަށް ގެންދާނީ ކްރެޑިޓް ސުއިޒް އާއި އެމިރޭޓްސް އެންބީޑީ ކެޕިޓަލް އަދި އެސްއެސްބީސީގެ އިތުރުން އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވަލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) މެދުވެރިކޮށެވެ. މި ސްކޫކަށް ރޭޓިން އޭޖެންސީ މޫޑީސް އިން ދާދި ފަހުން ވަނީ ބީ3 ގެ ރޭޓިން ވެސް ދީފަ އެވެ.

މި ސްކޫކް އަންނަ މަހު ވިއްކައިފިނަމަ މިކަން ވެގެން ދާނީ ރާއްޖޭން ފުރަތަމަ ފަހަރަށް އިސްކާމިކް ފައިނޭންޝަލް އިންޓްރޫމަންޓެއް ވިއްކާ ފުރަތަމަ ފަހަރަށެވެ. ރާއްޖޭގެ 2017 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 150 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑެއް ބޭރުގައި ވިއްކި އެވެ.

ސަރުކާރުން މީގެ ކުރިން ވަނީ ބޭރުގެ ފަރާތްތަކަށް 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކުމަށްޓަކައި ދިވެހި މައި ހޮސްޕިޓަލް ދަރުމަވަންތަ، ރަހުނުކޮށް ނުވަތަ ރަޖިސްޓްރީ ކޮށްފަ އެވެ. މި މުއާމަތް ކުރިއަށް ގެންދަނީ އައިސީޑީއާ ގުޅިގެންނެވެ. ނަމަވެސް ސަރުކާރުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ނުކުރާނެ ކަމަށް ބުނެފަ އެވެ.