ޖިންސީ ފުރައްސާރަ

ޓެކްސީ ޑްރައިވަރަކަށް ޖިންސީ ގޯނާގެ ތުހުމަތެއް

ޓެކްސީ ޑްރައިވަރަކު ކުޑަކުއްޖަަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އުމުރުުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޓެކްސީ ޑްރައިވަރަކު ޖިންސީ ގޯނަ ކުރި މައްސަލައެއް ރޭގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ. އަދި ބުނީ އެ މައްސަލަ ހުށަހެޅިޔަސް މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

އެކަމަކު ފުލުހުން އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދެއެވެ.