ބޮޑުފޮޅުދޫ

ގާތުން ދިންތާ އިރުކޮޅެއް ފަހުން ކުއްޖާ މަރުވެއްޖެ

އއ. ބޮޑުފުޅަދޫ: އެ ރަށުގައި ތުއްތު ކުއްޖަކަށް މަންމަ ގާތުންދިންތާ ގިނަ އިރުތަކެއް ނުވެ މަރުވެއްޖެ
50%
0%
50%

އއ. ބޮޑުފޮޅަދޫގައި މައިމީހާގެ ގާތުން ކުއްޖާއަށް ކިރުދޭން އޮއްވައި ތުއްތު ކުއްޖަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ އެއް މަހާއި ފަސްދުވަސްވެފައިވާ ތުއްތު ކުޖެއްކެވެ. ކުއްޖާ މަރުވީ އިއްޔެ ހެނދުނު 11:40 ހާއިރު އެވެ.

މި ހާދިސާ ހިނގި ގޮތް އޮޅުންފިލުއްވައި ދެއްވަމުން ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް ވިދާޅުވީ ކުއްޖާއަށް ގާތުން ދޭން އޮއްވައި މަންމައަށް ނިދުނީ ކަމަށެވެ. ހޭލެވުނުއިރު ކުއްޖާގެ ނޭފަތުން ލޭއައިސްފައި ހުރި ކަމަށާއި އަނގައިން ހޮޑުއައިސްފައި ހުރި ކަމަށެވެ. އާއިލާއިން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައި ކަމަށް ވިދާޅުވި އެވެ.

ބޮޑުފުޅަދޫ ހޮސްޕިޓަލާއި ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި ރަޒީމާ މުހައްމަދު، ޑޮކްޓަރާ ހަވާލާދީ އަވަސް އަށް ވިދާޅުވީ ކުއްޖާ މަރުވީ ފުއްޕާމެއަށް ކާއެއްޗެތި ގޮސްގެން ކަމަށެވެ. އަދި ތުުއްތު ކުއްޖާ އަކީ ގާތުންދޭ ކުއްޖެއް ކަމަށާއި މި ހާދިސާގައި ކުއްޖާ މަރުވީ ފުއްޕާމެ އަށް ކިރު ގޮސްގެން ކަމަށް ވެސް ވިދާޅުވި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޙަބީބު

ހާދަ ވަރުގަދަ ނިންޖެ އް ތިޔަނިދީ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345