އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް،

ކުއްޖާ މަރުވީ ވިހެއުމުގެ ތެރޭގައި ކޮނޑު ތާށިވެގެން: އޭއީއެޗް

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް. އެ ހޮސްޕިޓަލްގައި މިއަދު ކުއްޖަކު މަރުވީ ވިހެއުމުގެ ތެރޭގައި ކޮނޑު ތާށިވެގެން ކަމަށް ހޮސްޕިޓަލުން ބުނޭ
0%
0%
0%

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިއަދު ފަތިހު ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވީ އެ ކުއްޖާގެ ކޮނޑު ތާށިވެގެން ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނުގައި ބުނީ ކުއްޖާ މަރުވީ ވިހެއުމުގެ ތެރޭގައި ކުއްޖާގެ ކޮނޑު ތާށިވުން -- ޝޯލްޑާ ޑިސްޓޯޝިއާގެ ސަބަބުން ދިމާވި މައްސަލަތަކާ ގުޅިގެން ކަމަށެވެ.

މަދުން ނަމަވެސް ދިމާވާ ޝޯލްޑާ ޑިސްޓޯޝިއާގެ ހާލަތުގެ ސަބުބުން މައިމީހާއާ ކުއްޖާގެ ފުރާނައަށް ނުރައްކާ ވުމުގެ ފުރުސަތު އޮވެ އެވެ.

ކުއްޖާ ވިހެއުމުގެ ތެރޭގައި ދިމާވި ކަންކަމުގައި ވެސް ކުއްޖާ ފުރާނަ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރި ކަމަށާއި ނަަމަވެސް އެކަން ކާމިޔާބު ނުވި ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި ރަނގަޅުކުރަން ޖެހޭ ކަންކަން ބަލާނެ ކަަމަށް ވެސް ހޮސްޕިޓަލުން ބުނެ އެވެ.

ވިހެއުމުގެ ތެރޭގައި ޝޯލްޑާ ޑިސްޓޯޝިއާގެ ހާދިސާތައް ހިނގައިގެން މީގެ ކުރިން ވެސް ކުދިން މަރުވެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345